Advertisement

ހަމަނުޖެހުން މައިތިރި ކުރަން އިޒްރޭލާއި ފަލަސްތީނުން އެއްބަސްވެއްޖެ

27 ފެބުރުވަރީ 2023 - 09:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިދިޔަ ހަފުތާގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ގިނަ ބަޔަކު މަރާލި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ހަމަނުޖެހުން މައިތިރި ކުރަން އިޒްރޭލާއި ފަލަސްތީނުން އެއްބަސްވެއްޖެ

27 ފެބުރުވަރީ 2023 - 09:37 0

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން އިޒްރޭލާއި ފަލަސްތީނުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ އިތުރުން އެމެރިކާ އާއި މިސްރުގެ އޮފިޝަލުން ބައިވެރިވި މަޝްވަރާ ބައްދަލުވުމެއް އާދީއްތަ ދުވަހު އުރުދުންގައި ކުރިއަށް ދިޔަ އެވެ.

ބައްދަލުވުމުގައި އެއްބަަސްވީ "ހަމަހަމަ އަދި ދިގުދެމިގެންދާ ސުލްހަ ގާއިމްކުރަން" އިތުބާރު އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމަށެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރުމާ ގުޅޭ މަޝްވަރާ ހަތަރު މަހަށް މެދުކަނޑާލަން އިޒްރޭލުން އެއްބަސްވި އެވެ. އެ މުއްދަތުގައި ފަލަސްތީނުން އދ. ގައި އިޒްރޭލާ ދެކޮޅަށް މަސައްކަތް ނުކުރާނެ ކަމަށްވެ އެވެ.

އާދީއްތަ ދުވަހުގެ ބައްދަލުވުން ނިންމާލީ އަންނަ މަހު މިސްރުގެ ރިސޯޓެއްގައު މަޝްވަަރާގެ އިތުރު ބައްދަލުވުމެއް ބާއްވަން ތާވަލު ކުރުމަށް ފަހު އެވެ.

ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ފަލަސްތީން މީހަކު ބަޑި ޖަހައި އިޒްރޭލުގެ ދެ މީހުން މަަރާލި އެވެ.

އިޒްރޭލް ސިފައިން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިޒްރޭލް ސަރުކާރުން ބުނީ އެއީ "ފަލަސްތީނުގެ ޓެރަރިސްޓް" ހަމަލާއެއް ކަމަށެވެ.

ބަޑިޖެހިތާ މާ ގިނައިރުތަކެއް ނުވެ، ފަލަސްތީނުގެ ބިމުގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ އިޒްރޭލުގެ ގިނަ ބަޔަކު، ފަލަސްތީނު މީހުންގެ ގެތަކަށް ގާ އުކައި ގަސްތަކާއި ކާރުގައި ރޯކުރި އެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނީ 15 ގެޔާއި ގިނަ އަދަދެއްގެ ކާރުތަކުގައި ރޯކުރި ކަމަށެވެ. އެހެންވެ، އާއިލާތައް އެ ސަރަހައްދުން އިވެކުއޭޓް ކުރި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އެތައް ސަތޭކަ ބަޔަކަށް އަނިޔާވި ކަމަށެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން އަވަށެއްގައި ފަލަސްތީނު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.