Advertisement

ޝިއާއުގެ މަރު: އެއްވެސް ދައުވާއަކަށް ޝާހިލް އިއުތިރާފެއް ނުވޭ

26 ފެބުރުވަރީ 2023 - 18:39 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޝިއާއުގެ މަރާއި ގުޅިގެން އުފުލި އެއްވެސް ދައުވާއަކަށް ޝާހިލް އިއުތިރާަފެއް ނުވޭ -- ފޮޓޯ: މުހައްމަދު އަހުސަން/ރެޑްބުލް


ޝިއާއުގެ މަރު: އެއްވެސް ދައުވާއަކަށް ޝާހިލް އިއުތިރާފެއް ނުވޭ

26 ފެބުރުވަރީ 2023 - 18:39 0

ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް މިހާތަނަށް އެއްވެސް ދައުވާއަަކަށް އިއުތިރާފުވެފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމު ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާތަނަށް މި މައްސަލާގައި ޝާހިލްގެ މައްޗަށް އުފުލުނު އެއްވެސް ދައުވާއަކަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ.

"[އެއްވެސް ދައުވާއަކަށް] އިއުތިރާފްވެފައެއް ނުވޭ. ދެން ޝަރީއަތުގައި އެއްވެސް ވާހަކައެއް ދެކިކަން އެނގިފައެއް ނުވޭ. އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ވާހަކައެއް ދެއްކިހެނެއް" ޝަމީމް ވިދާޅުވި އެވެ.

ޝިއާއުގެ މަރާއި ގުޅިގެން ޝަރީއަތް ފަށާފައިވާއިރު، އަދި ކުރިއަށް ދަނީ އެންމެ ފުރަތަމަ މަރުހަލާކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް ޝާހިލް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ފުލުހުން މީގެ ކުރިން ހާމަކުރި އެވެ. ޝިއާއު މަރުގެ މައްސަލާގައި ފަށާފައިވާ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އަދި އިތުރު ހަތަރު ދައުވާއެއް ވެސް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އޭގެތެރެއިން، ދެ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ. ދެން ބާކީ ކުރި ދެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމައެއް ނުކުރެ އެވެ. އެ އޮފީހުން ބުނީ މަރުވި ފަރާތުގެ އާއިލާއަށްޓަކައި އެ ދައުވާގެ ބާވަތް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން، އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ.