Advertisement

ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށް ބުނުމުން އެމެރިކާގެ އިންޒާރު އިރާނަށް

26 ފެބުރުވަރީ 2023 - 20:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ


ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށް ބުނުމުން އެމެރިކާގެ އިންޒާރު އިރާނަށް

26 ފެބުރުވަރީ 2023 - 20:12 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށް ބުނުމުން، އެމެރިކާއިން އިރާނަށް އިންޒާރު ދީފި އެވެ.

ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށް ވިދާޅުވީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އެއިރޯސްޕޭސް ޔުނިޓުގެ ވެރިޔާ ޖެނެރަލް އަމިރަލީ ހާޖީޒާދޭ އެވެ.

އޭނާ ވިދާޅުވީ 2020 ވަނަ އަހަރު އިރާނުގެ ކޮމާންޑަރު ގާސިމް ސުލެއިމާނީ އަވަހާރަކޮށްލުމުން ބަދަލު ހިފުމުގެ ގޮތުން ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާ އެކު އަޅުގަނޑުމެން ޓްރަމްޕް އަވަހާރަކޮށްލާނަން. އަދި ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާއި ކުރީގެ ސެންޓްރަަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު މެކެންޒީ އަދި ސުލެއިމާނީ އަވަހާރަކޮށްލަން އަމުރު ދިން އެހެން ވެރިންނަށް ވެސް ޓާގެޓް ކުރާނަން،" އިރާނުގެ ދައުލަތުގެ ޓީވީގައި ހާޖީޒާދޭ ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި އިރާނަށް އިންޒާރު ދިނުމަށް ފަހު ބުނީ އެމެރިކާގެ އެއްވެސް ރައްޔިތަކަށް ގެއްލުން ދޭން އުޅޭ ނަމަ، ހަރުކަށި ރައްދެއް ލިބޭނެ ކަމަށެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ބައިނަލްއަގްވާމީ ފައުޖުގެ ގޮތުގައި ހިމެނޭ ގުދުސްގެ ފޯސްގެ ވެރިޔާ ސުލެއިމާނީ އަވަހާރަކޮށްލަން އަމުރު ކުރެއްވީ ޓްރަމްޕް އެވެ.

މީގެ ކުރިން ވެސް އިރާނުން ތަކުރާރުކޮށް ބުނެފައި ވަނީ ސުލެއިމާނީ އަވަހާރަކޮށްލުމުން ބަދަލުހިފާނެ ކަމަށެވެ. މިދިޔަ މަހު ރައީސް އިބްރާހިމް ރައިސީ ވެސް ތަކުރާރުކޮށް ވިދާޅުވީ ބަދަލު ހިފާނެ ކަމަށެވެ.