Advertisement

އިޒްރޭލާއި ފަލަސްތީނުގެ ބައްދަލުވުމެއް އުރުދުންގައި

26 ފެބުރުވަރީ 2023 - 10:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަލަސްތީނުގެ ރައިސް މަހްމޫދް އައްބާސް (ކ) އަދި އުރުދުންގެ ރަސްގެފާން އަބްދުﷲ. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލާއި ފަލަސްތީނުގެ ބައްދަލުވުމެއް އުރުދުންގައި

26 ފެބުރުވަރީ 2023 - 10:22 0

ފާއިތުވި ހަފުތާގައި އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެފައި ވަނިކޮށް، އާދީއްތަ ދުވަހު އުރުދުންގައި "ސިޔާސީ އަދި ސެކިއުރިޓީ" މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ބައްދަލުވުން އޮންނާނީ ރަތް ކަނޑުގެ އަގަބާ ރިސޯޓުގަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާ އާއި މިސްރުގެ މަންދޫބުން ބައިވެރިވާނެ އެވެ.

އުރުދުންގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ބައްދަލުވުމުގެ ބޭނުމަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު "އިތުބާރު ބިނާކުރުން" ކަމަށެވެ. މިސްރާއި އުރުދުންއަކީ އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުން ހަދާފައިވާ ދެ ގައުމެވެ.

ފާއިތުވި ހަފުތާގައި އިޒްރޭލުން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 11 މީހުން މަރާލައި 80 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި ރައްދުގައި ގާޒާއިން އިޒްރޭލަށް ރޮކެޓްތަކެއް ފޮނުވި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު އިތުރަށް ގޯސްވާން ފަށާފައި ވާތީ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އދ. އިން ބުނާ ގޮތުގައި 2022 އަކީ ހުޅަނގު އައްސޭރީގައި އެންމެ ނުރައްކާތެރި އަހަރެވެ.

މި އަހަރުގެ މިހާތަނަށް ފަލަސްތީނުގެ 62 މީހުން މަރުވެފައިވާ އިރު އިޒްރޭލުން މަރުވީ ނުވަ މީހުންނެވެ.