25 ފެބުރުވަރީ 2023 - 10:04 0
ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ: އޭނާ ވަނީ މަރުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެފައި.
25 ފެބުރުވަރީ 2023 - 10:04 0
ލަންޑަން (ފެބްރުއަރީ 25) - ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރުގެ މެސެޖުތަކެއް ލިޔެފައިވާ އީމެއިލްތަކެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.
މީގެ ހަ މަސް ކުރިން ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމުން ބޭރުކޮށް، އެ ކްލަބްގެ އާ ވެރިޔާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ވިޝަންއާ އެއްގޮތަށް ކްލަބް ކުރިއަށްދާނެ ކޯޗެއް ގެންނަން ބޭނުންވާ ކަމަށް ބުނެ، ޗެލްސީ ކޯޗަަކަށް ޕޮޓާ ހަަމަޖެއްސި އެވެ. ޕޮޓާއާ އެކު ޗެލްސީން މަސައްކަތް ފެށިއިރު، ގިނަ މައްސަލަތަކެއް ނުފެނުނު ކަމުގައި ވިޔަސް ފަހަކަށް އައިސް ޗެލްސީ އަށް ނަތީޖާ ނެރުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވެ، އެ ޓީމު ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ.
ޗެލްސީ އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ޗެލްސީ ވަނީ ސައުތުހެމްޓަން އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. މިއީ ޕޮޓާގެ ކޯޗުކަމުގައި ޗެލްސީން މިހާތަނަށް ނުކުތް 25 މެޗުގެ ތެރެއިން ބަލިވި ނުވަ ވަނަ މެޗެވެ.
ޕޮޓާއާ މެދު ޗެލްސީގެ ސަޕޯޓަރުންގެ މެޖޯރިޓީ ނުރުހެ އެވެ. އަދި އޭނާ އަށް ފާޑުކިޔާ ޗެލްސީ ސަޕޯޓަރުން ވެސް ގިނަ އެވެ. އެ ކަމަށް އިޝާރާތްކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ޕޮޓާ ބުނީ ބޭނުންނުވާ ކަހަލަ ގިނަ ކަންކަން ހިނގާ ކަމަށެވެ.
"އަހަންނަށް އެބަހުރި ވަރަށް ހިތްހަމަނުޖެހޭ އީމެއިލްތަކެއް ވެސް ލިބިފައި. އަހަރެން މަރާލަން ނޫނީ މަރުވާން އެދޭ ކަމަށް ބުނެ، އެއީ އެއްވެސް ގޮތަކަށް އެދޭ ކަމެއް ނޫން،" ޕޮޓާ ބުންޏެވެ. "ތި މީހުން އަހަރެންގެ އާއިލާ މީހުން ކައިރީގައި އަހަންވީ އަހަރެންގެ ހަަޔާތް މިހާރު ބަދަލުވެފައި މިވާ މިންވަރު، ބަޔަކު މި ގޮތަށް އަހަންނާއި އަހަރެންގެ އާއިލާ އަށް އިންޒާރު ދިނުމަކީ އެކަމާ ނުވިސްނައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން،"
ޕްރިމިއާ ލީގުގައި މާދަމާރޭ ޗެލްސީން ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ. މި މެޗަށް ނުކުންނައިރު، ޕްރެޝަރު ބޮޑީ ޗެލްސީ އަށް ކަމަށް ބުނާ ވާހަކައާ ގުޅޭގޮތުން ޕޮޓާ ބުނީ މީގެ އެއްވެސް ޓީމަކަށް ފަސޭހަނުވާނެ ކަމަށެވެ.
ޗެލްސީގެ ފޯމު މި ސީޒަނުގައި މިހާ ބޮޑަށް ދަށްވި ސަބަބެއް ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ގާތުން އޮޅުންފިލުވަން މަސައްކަތް ކުރި ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ. އަދި ވާހަކަތަކުން އެނގުނު ގޮތުގައި މިއީ ޗެލްސީން އެންމެ ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަކުރި އަހަރެއް ނޫންކަން އެނގިފައިވާ ކަމަށާއި އޭގެ އަސަރު މިހާރު ފެންނަމުން އަންނަ ކަމަށް ޕޮޓާ ވަނީ ފާހަގަކޮށްފަ އެވެ.
ވޯލްޑް ކަޕްގެ ބްރޭކަށް ފަހު އެނބުރި އައިއިރު، ގިނަ ކުޅުންތެރިންގެ ފޯމަށް އަސަރުކޮށްފައިވާކަން ފާހަގަކޮށް ޕޮޓާ ބުނީ އަނިޔާއިން ރިކަވާވެގެން އަންނަ ކުޅުންތެރިން އެއްކޮށް ފިޓްވާން ނަގާ މުއްދަތު ދިގުލައިދާއިރު، އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ލީގަށް ހޭނެން ވެސް ވަގުތު ބޭނުންވާ ކަމަށެވެ.
Comment