Advertisement

ގެސްޓު ހައުސްތަކާއެކު އެލައިޑުން ހާއްސަ ބައްދަލުވުމެއް

24 ފެބުރުވަރީ 2023 - 17:44 0

އިއްޔެ ކުރިއަށްގެންދިޔަ އިވެންޓުގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ


ގެސްޓު ހައުސްތަކާއެކު އެލައިޑުން ހާއްސަ ބައްދަލުވުމެއް

24 ފެބުރުވަރީ 2023 - 17:44 0

މާލެ ސަރަހައްދުގެ ގެސްޓުހައުސް ހިންގާ ފަރާތަކާއެކު ހާއްސަ ބައްދަލުވުމެއް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން އިއްޔެ ބާއްވައިފި އެވެ.

ގެސްޓުހައުސްތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އެ ފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމުގެ މަގުސަދުގައި މާފުށީގައި ބޭއްވި އިވެންޓުގައި ގިނަ ފަރާތްތަތަކުން ބައިވެރިވި އެވެ.

ކުރިޔަށް އޮތްތަނުގައި އަޔާދީ ތަކާފުލްގެ ޕްރޮޑަކްޓުތައް ތަރައްގީ ކުރުމުގައި އިއްޔެގެ ބައްދަލުވުމުން ލިބުނު ހިޔާލުތަކަށް ވިސްނައި، ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

އަޔާދީ ތަކާފުލްއިން ދަނީ މިހާރުވެސް ގެސްޓްހައުސް ތަކާފުލްގެ ނަމުގައި ގިނަ ކަވަރޭޖުތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ. ތިން ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ އެ ހިދުމަތްތައް ފަރުމާ ކޮށްފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖުގެ ގޮތުން ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ.

ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖު ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑޯންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕާސަނަލައިޒް ކުރުމުގެ ފުރުސަތު ވެސް ފަހިވެފައިވާ ކަމަށް އަޔާދީން ބުނެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި، ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާ ބެހޭ ގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ، ޔޫލިއަނާ ރުސޭއި ވަނީ މައުލޫމާތު ދީފަ އެެވެ.