Advertisement

ވަގު ނަމެއްގައި ޕޯސްޓުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށް

24 ފެބުރުވަރީ 2023 - 09:44 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި: ބޮޑަށް ބެލެވެނީ މަސްތުވާތަކެތި އެތެރެ ކުރީ ފޭކު ނަަމެއްގައި ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވަގު ނަމެއްގައި ޕޯސްޓުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށް

24 ފެބުރުވަރީ 2023 - 09:44 0

އެހެން މީހެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތ. ކިނބިދޫ، މަޑުލު، މުހައްމަދު ހާރިސްގެ މައްޗަށެވެ. އޭނާއަކީ 2021 ވަނަ އަހަރުގެ ތެރޭގައި މުހައްމަދު މުހުތާރު ނަމަކަށް ކިޔާ މީހެއްގެ ނަމުގައި އެތެރެކޮށްފައި އޮތް ޕޯސްޓެއް ބަލައި ދިޔަ މީހާ އެވެ.

ޕޯސްޓް މެދުވެރިކޮށް ގެނައި އެ ޕާރުސަލުގައި 13 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.

ކޯޓުގައި ފުލުހުން ބުނީ އެހެން މީހެއްގެ ނަމުގައި އެތެރެކޮށްފައި އޮތް އެ ޕޯސްޓުގެ ވެރިފަރާތް ހޯދުމަށް ފުލުހިން ކުރި މަސައްކަތަށް ހާރިސް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.

އަދި މުހައްމަދު މުހުތާރުގެ ނަމުގައި ދީފައި އޮތް އެޑްރެހުގައި އެ ނަން ކިޔާ މީހަކު ނޫޅޭ ކަމާއި އޭނާގެ އައިޑީކާޑު ނަންބަރުގެ ގޮތުގައި ވެސް ޖަހާފައިވަނީ އެހެން މީހެއްގެ އައިޑީކާޑު ނަމްބަރު ކަމަށް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެއީ އެހެން މީހަކު ބުނެގެން ބަލައި ދިޔަ ޕާރުސަލެއް ނަމަ އެ މީހަކު ހޯދަން އެއްބާރުލުން ދޭނެ ކަމަށާއި ކާކުކަން ހާމަކުރަން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން ކޯޓުން ނިންމާފައިވަނީ އޭނާ އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި ކަމަށެވެ.