Advertisement

ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނީ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ: ފުލުހުން

23 ފެބުރުވަރީ 2023 - 21:07 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މ. ނިރުފެހިގެ ސާފްކުރަމުން ދަނިކޮށް ފެނިފައި ވަަނީ އެ ހާދިސާގައި މަރުވި މީހެއްގެފައިތިލަކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ: އަަބްދުﷲ އިޔާން/އަދަދު


ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނީ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ: ފުލުހުން

23 ފެބުރުވަރީ 2023 - 21:07 0

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދު ސާފުކުރަނިކޮށް ފެނުނު ފައިތިލައަކީ އެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ ކަމަށާއި، އެ ފައިތިލަ މިހާރު ވަަނީ ވަޅުލާފައި ކަމަށެވެ.

އެ ހާާދިސާއާ ގުޅިގެން އަދިވެސް ތަހުގީގު ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފަައި ވެއެވެ.

ފުލުހުން މީގެ ކުރިން ބުނީ އެއީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަކަންް ބުނަން ނޭނގޭ ކަމަށެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ތިރީގައި ހުއްދަ ނުހޯދާ ހިންގަމުންދިޔަ ގަރާޖާއި މަތީ ދެބުރީގައި ހުރި ބިދޭސީ އެކަމޮޑޭޝަން ބްލޮކް ވަނީ އަނދައިގެން ގޮސްފަ އެވެ.

އެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވިއިރު އޭގެތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އަށް މީހުންނާ ބަންގްލަދޭޝްގެ ދެ މީހެކެވެ. މި އެންމެންގެ ހަށިގަނޑުވެސް މިހާރު ވަނީ ގައުމަށް ފޮނުވާލާފަ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މައްސަލައާ ގުޅޭ އިތުރު ތަފުސީލު ދެމުން ދާނެ ކަމަށް ބުނެ އެވެ.