Advertisement

ބީއެމްއެލް އެކައުންޓުތަކުން ފައިސާ "ގެއްލޭ" މައްސަލަ ބަލައިދޭން މަޖިލީހުގައި އެދިއްޖެ

23 ފެބުރުވަރީ 2023 - 14:58 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މެންބަރު މޫސާ ސިރާޖު؛ އޭނާ ވަނީ އެކައުންޓުތަކުން ފައިސާ ކެނޑޭ މައްސަލަ ބަލައިދޭން މަޖިލީހުގައި ވަނީ އެދިފައި-- ފޮޓޯ: މަޖިލިސް


ބީއެމްއެލް އެކައުންޓުތަކުން ފައިސާ "ގެއްލޭ" މައްސަލަ ބަލައިދޭން މަޖިލީހުގައި އެދިއްޖެ

23 ފެބުރުވަރީ 2023 - 14:58 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުގައި ހުންނަ "ފައިސާ ގެއްލޭ" ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އެދިއްޖެ އެވެ.

މިހާރަކަށް އައިސް މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ ވަނީ އާންމުވެފަ އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ބީއެމްއެލްގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި އެތައް ހާސް ރުފިޔާއެއް ކެނޑެމުން އަންނަ ކަމަށާއި އެކަމުގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަަމަށެވެ.

"މިޝަކުވާތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުން ގެންދާ ޖަވާބަކީ އެކައުންޓުތަކުން ފައިސާ ނަގަމުން ގެންދާ ސަބަބަކީ އެކައުންޓުގެ ވެރި ފަރާތުން ގޮތް ނޭނގޭ ލިންކުތަކަށް ފިއްތުމާއި އެކައުންޓު މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ ފަރާތަށް ހިއްސާ ކުރުން ކަމަށެވެ." ސިޓީގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް މިއީ ރައްޔިތެއްގެ ހައިސިއްޔަތުން ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށް ސިރާޖު ވިދާޅުވެފައިވެ އެވެ.

ސިރާޖު ވަނީ މި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައި، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއް އޮތް ނަމަ ފުލުހުނަނަށް ހުށަހެޅުމަށް އެދިފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.