Advertisement

ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ފޮނުވައިފި

23 ފެބުރުވަރީ 2023 - 14:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގާޒާއިން އިޒްރޭލަށް ފޮނުވި ރޮކެޓް ހަމަލާތަކެއް. -- ފޮޓޯ: އޭޕީ


ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ފޮނުވައިފި

23 ފެބުރުވަރީ 2023 - 14:16 0

ބުރާސްފަތި ދުވަހުގެ ފަތިސް ވަގުތު ހަމާސްއިން ކޮންޓްރޯލް ކުރާ ގާޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ފޮނުވައިފި އެވެ.

އިޒްރޭލް ސިފައިންގެ ބަޔާނެއްގައި ބުނީ ހަ ރޮކެޓް ފޮނުވި ކަމަށެވެ. އޭގެ ތެރެއިން ފަސް ރޮކެޓް ވައްޓާލީ އެއާ ޑިފެންސް ސިސްޓަމުންނެވެ. ހަ ވަނަ ރޮކެޓް ވެއްޓުނީ މީހުން ދިރިނޫޅޭ ހިސާބަކަށެވެ.

ފަލަސްތީނުން މަންޒަރު ދުށް ފަރާތްތަކުން އޭއެފްޕީއަށް ބުނީ މަދުވެގެން އަށް ރޮކެޓް ފޮނުވި ކަމަށެވެ. އެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވިކަން އަދި އަނިޔާވިކަން ވެސް އިޒްރޭލުން އާއްމެއް ނުކުރެ އެވެ.

އެހެން ނަމަވެސް އިޒްރޭލް ސިފައިން ބުނީ ރޮކެޓްތައް ފޮނުވުމުން ސްދެރޮތް ސިޓީ އާއި އަޝްކެލޯން ސިޓީގައި ފަތިސް ވަގުތު އެއާ ޑިފެންސް ސިސްޓަމުން އިންޒާރުގެ ރަނގަބީލު އަޅަން ފެށި ކަމަށެވެ.

އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ އިރު، ބުދަ ދުވަހު ފަލަސްތީނުގެ ނަބްލޫސް ސިޓީގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 11 މީހުން މަރާލައި، 80 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފަ އެވެ.

އިޒްރޭލުން ބުނީ އެއީ އިސްލާމިކް ޖިހާދު ގްރޫޕާ ދެކޮޅަށް ހިންގި އޮޕަރޭޝަަނެއް ކަމަށެވެ. ހަމާސްއިން އިސްލާމިކް ޖިހާދްއާ ގުޅިގެން ބައެއް އޮޕަރޭޝަންތައް ހިންގަ އެވެ.