22 ފެބުރުވަރީ 2023 - 17:45 0
އަހުމަދު އާއިދު
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ބަޔަކު ހިދުމަތް ހޯދުމަށް އިށީނދެލައިގެން -
22 ފެބުރުވަރީ 2023 - 17:45 0
ޓްރީޓޮޕް ހޮސްޕިޓަލުގެ ޕޭޝަންޓު ޕޯޓަލްއިން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ އައިޑީކާޑު ފޮޓޯ ލީކުވަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
މިކަން ފެންމަތިވެގެން ގޮސްފައިވަނީ ސިސްޓަމް އިންޖިނޭރެއް އަދި ސެކިއުރިޓީ ރިސާޗާއެއް ކަމަށްވާ އަހުމަދު މުހައްމަދު ދީދީ ކުރި ޓުވީޓަކުންނެވެ.
ޓްރީޓޮޕުގެ ޕޯޓަލް މެދުވެރިކޮށް ލީކުވި އައިޑީކާޑެއްގެ ފޮޓޯގެ މައުލޫމާތު ސިއްރުކޮށް ހިއްސާކުރި ފޮޓޯއަކާ އެކު އޭނާގެ ޓުވީޓުގައި ބުނެފައިވަނީ އެއްވެސް އޯތެންޓިފިކޭޝަނެއް ނެތި އާސަންދަ މެދުވެރިކޮށް ޕޭޝަންޓުންގެ އައިޑީކާޑު ފޮޓޯތައް ލީކުވަމުންދާކަމަށެވެ. އަދި މިގޮތައް އައިޑީކާޑުގެ ފޮޓޯ ރައްކާކުރުމަކީ އާސަންދަ އަދި ނޭޝަނަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުގެ އުސޫލާ ހިލާފުކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ޕީއާރު މެނޭޖަރު މުހައްމަދު ހޫދު ވިދާޅުވީ، މި މައްސަލައިގައި އެ ފަރާތުން މިވަގުތު ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
"އެއްވެސް އެއްޗެއް ދަންނަވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ" ހޫދު ވިދާޅުވި އެވެ.
މިފަދައިން ރާއްޖޭގެ އެކި ޕޯޓަލްތަކާއި ވެބްސައިޓުތައް މެދުވެރިކޮށް އާންމުންގެ ޒާތީ މައުލޫމާތު ލީކުވާ ގިނަ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment