Advertisement

މެކްސްކޮމްގެ ރޯދަ ސޭލްއާއެކު ސެމްސަންގު އެސް23 އަލްޓްރާ ޕްރީ އޯޑަރަށް ހުޅުވާލައިފި

22 ފެބުރުވަރީ 2023 - 12:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސޯސަން މަގުގައި ހުންނަ މެކްސްކޮމް ޓެކްނޮލޮޖީސްގެ ފިހާރަ -- ފޮޓޯ: އަދަދު


މެކްސްކޮމްގެ ރޯދަ ސޭލްއާއެކު ސެމްސަންގު އެސް23 އަލްޓްރާ ޕްރީ އޯޑަރަށް ހުޅުވާލައިފި

22 ފެބުރުވަރީ 2023 - 12:05 0

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިލެކްޓުރޯނިކްސް ސަމާނު ވިއްކަމުން އަންނަ މެކްސްކޮމް ޓެކްނޮލޮޖީސްގެ ރޯދަ ސޭލްއާ އެކު ސެމްސަންގު ގެލެކްސީ އެސް23 އަލްޓްރާ ފޯނު ޕްރީ އޯޑަރަށް ހުޅުވައިލައިފި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސޭލްއާއެކު އެސް23 އަލްޓްރާ ޕްރީ އޯޑަރަށް ހުޅުވާލުމުގެ އިތުރުން އެ ފިހާރައިން ވިއްކާ ހުރިހާ މުދަލެއްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. އަދި، ސޭލްގެ މުއްދަތުގައި ބައެއް ޕްރޮޑަކްޓުތަކާ އެކު ހިލޭ އިނާމުވެސް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

ސެމްސަންގުން މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އެސް23 އަލްޓްރާ ފޯނެއް ޕްރީ އޯޑަރަށް ގެނައުމަށް އެޑަވާންސްގެ ގޮތުގައި އެ ފިހާރައަށް ދައްކަން ޖެހެނީ އެންމެ 1000ރ. އެވެ. އެފޯނުގެ ޖުމްލަ އަގަކީ 23،000ރ. އެވެ.

ޕްރީ އޯޑަރަށް ގެންނަ ހުރިހާ ފޯނުތަކަކަށް އެއް އަހަރު ދުވަހުގެ އޮރިޖިނަލް ވޮރެންޓީ ލިބޭނެ އެވެ. މެކްސްކޮމްއިން ބުނީ ފެށޭ ހަފުތާ ތެރޭގައި އެ މޮޑެލްގެ ފޯނުތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.

އޭގެއިތުރުން ރޯދަސޭލަށް ހާއްސަކޮށް އެ ފިހާރައިން މީގެ ކުރިން 27،900ރ. އަށް ވިއްކަމުން އައި ގެލެކްސީ ޒެޑު ފޯލްޑު4 ގެ އަގު ވަނީ 25،000ރ. އަށް ހެޔޮކޮށްފަ އެވެ. މެކްސްކޮމް ރޯދަ ސޭލްގައި އެ ފިހާރައިން ގަންނަ ކޮންމެ ގެލެކްސީ ޒެޑު ފޯލްޑު4 ފޯނަކާއެކު ސެމްސަންގް ބަޑްސް 2 އެއް ހިލޭ ލިބޭނެ އެވެ.

ސޭލްއާ ދިމާކޮށް އިންސްޕިރަން 15 ނޯޓުބުކްގެ އަގުވެސް އެފިހާރައިން މިހާރު ވަނީ 10،299ރ. އަށް ހެޔޮކޮށްފަ އެވެ. ސޭލްގެ މުއްދަތުގައި ގަންނަ ކޮންމެ ނޯޓުބުކްއަކާއެކު ހިލޭ ލެޕްޓޮޕް ދަބަހަކާއި ވަޔަލެސް މައުސްއެއް ލިބޭނެ އެވެ. އިންސްޕިރަން 15 އަށް މެކްސްކޮމްއިން އެއް އަހަރުގެ އޮރިޖިނަލް ވޮރަންޓީ ދެއެވެ.

މެކްސްކޮމްއިން މައުލޫމާތު ދޭގޮތުގައި ރޯދަ މި ޕްރޮޑަކްޓުތަކުގެ އިތުރުން ވެސް އެ ފިހާރައިން ވިއްކާ ހުރިހާ މުދަލަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސްގެ ދެ ފިހާރަ މާލޭގައި ހިންގަ އެވެ. އެއީ ސޯސަން މަގުގައި ހުންނަ ފިހާރައާއި ފަރީދީ މަގުގައި ހުންނަ ފިހާރަ އެވެ. އޭގެއިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވެސް މެކްސްކޮމްގެ އައުޓުލެޓެއް ހުރެ އެވެ.