Advertisement

ބާ އިންތިހާނަށްފަހު 73 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފި

21 ފެބުރުވަރީ 2023 - 20:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލަށް ގުޅިވަޑައިގެންނެވި 73 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބާ ކައުންސިލް


ބާ އިންތިހާނަށްފަހު 73 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފި

21 ފެބުރުވަރީ 2023 - 20:13 0

ޝަރުއީ ދާއިރާއަށް އަލަށް ގުޅިވަޑައިގެންނެވި 73 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފި އެވެ.

އެބޭފުޅުން ހުވާކުރައްވާފައިވަނީ އަލަށް ގުޅިވަޑައިގެންނެވި ގާނޫނީ ވަކީލުންނަށް ހުވާލައިދިނުމާއި ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ގާޒީ ހުސެއިން މަޒީދެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންނާއި، ގާޒީއިން އަދި އިސް ގާނޫނީ ވަކީލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ބައިވެރިންނާ ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ވަނީ ރާއްޖޭގައި އަލަށް ބާ އިމްތިހާނެއް ބޭއްވިގެން ދިއުމުގެ ސަބަބުން ޝަރުއީ ދާއިރާއަށް ލިބޭނެ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުހުތަސިމް އަދުނާނުގެ ދެއްކެވި ވާހަކަގައި އަލަށް ގުޅިވަޑައިގެންނެވި ވަކީލުންނަށް މަރުހަބާ ވިދާޅުވެ، ގާނޫނީ ވަކީލުންގެ ޒިންމާގެ ދަށުން މުޖުތަމައަށް އަދި ތަމްސީލުކުރާ ފަރާތްތަކަށް އޮންނަ ޒިންމާތައް ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 68 ޕަސެންޓު ދަރިވަރުން އެ އިމްތިހާނުން ފާސްވި އެވެ. އޭރު ބާ ކައުންސިލުން ބުނީ އިމްތިހާނުގެ ބައިވެރިން ހޯދި ނަތީޖާގެ އެވެރެޖް އަކީ 66 ޕަސެންޓު ކަމަށެވެ.

އެ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި މީހުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ހަތް ދަރިވަރަކު ހިމެނެ އެވެ. ޔުނިވާސިޓީ އޮފް ލަންޑަންގެ ހަ ދަރިވަރަކު އަދި ވިލާ ކޮލެޖްގެ ހަތަރު ދަރިވަރަކާއި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ދަރިވަކު ވަނީ ޓޮޕް އެޗީވާސްގެ މަގާމު ހާސިލްކުރި އެވެ.