Advertisement

ސައުދީއާ އެކު ސުލްހައިގެ ޑީލަކަށް އެބަ މަސައްކަތް ކުރަން: ނަތަންޔާހޫ

21 ފެބުރުވަރީ 2023 - 09:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އޭނިއުސް


ސައުދީއާ އެކު ސުލްހައިގެ ޑީލަކަށް އެބަ މަސައްކަތް ކުރަން: ނަތަންޔާހޫ

21 ފެބުރުވަރީ 2023 - 09:13 0

ސައުދީ އަރަބިއްޔާއާ އެކު ސުލްހައިގެ ޑީލަކަށް މަސައްކަތް ކުރަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓުކުރި ގޮތުގައި ނަތަންޔާހޫ ވިދާޅުވީ ސައުދީއާ އެކު ސުލްހަ ގާއިމްކުރުމާއި އިރާން ހުއްޓުވުމަކީ "ގުޅިލާމެހިފައިވާ" އަމާޒުތަކެއް ކަމަށެވެ.

ސައުދީއާ އެކު ޑީލަކަށް ދެވުން ވާނީ ޑިޕްލޮމެޓިކް ގޮތުން ހޯދޭ ބޮޑު ކުރިއެރުމަކަށް ކަމަށާއި "ސައުދީ އަރަބިއްޔާއާ އެކު އެކުވެރި ގުޅުމެއް ބޭއްވިއްޖެ ނަމަ އިޒްރޭލުން އަރަބި ދުނިޔޭގެ އެހެން ގައުމުތަކާ އެކު އޮންނަ ގުޅުން ވެސް ބަދަލުވާނެ" ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

"އިރާނުގެ ނުރައްކާ އޮތް މިންވަރު އަރަބި ދުނިޔެއަށް ވަރަަށް ބޮޑަށް ސާފު،" ނަތަންޔާހޫ ވިދާޅުވި ކަމަށް ދަ ޖެރުސަލަމް ޕޯސްޓު ނޫހުގައިވެ އެވެ.

އެމެރިކާ މެދުވެރިވެގެން އެކުލަވާލި އަބްރަހަމް އެކޯޑްސްގެ ދަށުން އިޒްރޭލުން ވަނީ ޔޫއޭއީ، ބަހްރެއިން، ސޫދާން އަދި މޮރޮކޯއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ. އިޒްރޭލުން ބޭނުން ވަނީ އަރަބި ދުނިޔޭގެ އެހެން ގައުމުތަކާ އެކު ވެސް ގުޅުން ގާއިމްކުރުމަށެވެ.

އިޒްރޭލުން ދެކޭ ގޮތުގައި އިރާނުން ނިޔުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރުމާއި ޝިއައީ ހަނގުރާމަވެރި ގްރޫޕްތަކަށް އެހީ ފޯރުކޮށްދިނުމަކީ އިޒްރޭލުގެ އިތުރުން އަރަބި ގައުމުތަކަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ސައުދީ އަރަބިއްޔާއިން މީގެ ކުރިން ތަކުރާރުކޮށް ބުނެފައި ވަނީ އިޒްރޭލާ އެކު ގުޅުން ގާއިމްކުރެވޭނީ ނުވަތަ އެއްވެސް ބާވަތެއްގެ ސުލްހައިގެ ޑީލެއްގައި ސޮއިކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުން ކަމަށެވެ.