Advertisement

އިރާނުގައި 84 ޕަސެންޓަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް ފެނިއްޖެ

21 ފެބުރުވަރީ 2023 - 06:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ނިޔުކްލިއާ ސައިޓެއް. -- ފޮޓޯ: އޭއެފްޕީ


އިރާނުގައި 84 ޕަސެންޓަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް ފެނިއްޖެ

21 ފެބުރުވަރީ 2023 - 06:56 0

އިރާނުގައި ނިޔުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރާ ގާތަށް، 84 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދިކޮށްފައިވާ ކަމަށް ފެތުރެމުންދާ ހަބަރު އެ ގައުމުން ދޮގުކޮށްފި އެވެ.

އިރާނުން އެޕްރީލް 2021 އިން ފެށިގެން ޔުރޭނިއަމް މުއްސަނދި ކުރަމުން ދަނީ 60 ޕަސެންޓަށެވެ. ހަތިޔާރު އުފެއްދޭނީ 90 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދިކޮށްގެންނެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓުކުރި ގޮތުގައި ފަރުބަދައެއްގެ ތެރޭގައިވާ ފޯޑޯ ނިޔުކްލިއާ ސައިޓުގައި 84 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދި ކުރަން ފެށީ މީގެ ތިން މަސް ކުރިންނެވެ.

"މިހާތަނަށް 60 ޕަސެންޓަށް ވުރެ އިތުރަށް ޔުރޭނިއަމް މުއްސަނދި ކުރަން އަޅުގަނޑުމެން އެއްވެސް މަސައްކަތެއް ނުކުރަން. ބައެއް މާއްދާތައް 60 ޕަސެންޓަށް ވުރެ އިތުރަށް މުއްސަނދިވެފައި ހުރުމަކީ 60 ޕަސެންޓަށް ވުރެ އިތުރަށް ޔުރޭނިއަމް މުއްސަނދި ކުރަމުންދާ ކަމުގެ ހެއްކެއް ނޫން،" އިރާންގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ބުންޏެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓުކުރި ގޮތުގައި 84 ޕަސެންޓަށް މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމްގެ މާއްދާތައް ހުރިކަން އެނގުނީ މިދިޔަ ހަފުތާގައި އދ. ގެ ނިޔުކްލިއާ ހަކަތައާ ބެހޭ އެޖެންސީގެ އޮފިޝަލުން އިރާނުގެ ސައިޓެއް އިންސްޕެކްޓް ކުރަނިކޮށެވެ.