Advertisement

އަލިފާން ރޯވެގެން ދޯންޏެއް އަޑިއަށް ގޮސް 4 މީހަކު ކަނޑުވެއްޖެ

20 ފެބުރުވަރީ 2023 - 10:12 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދޯނީގައި ރޯވެ ކަނޑުވި ހަތަރޔ މިހާރު، މިހާރު އެމީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެމްްއެންޑީއެފް އިންްް ބުނި -- ފޮޓޯ: އެމްްއެންޑީއެފް


އަލިފާން ރޯވެގެން ދޯންޏެއް އަޑިއަށް ގޮސް 4 މީހަކު ކަނޑުވެއްޖެ

20 ފެބުރުވަރީ 2023 - 10:12 0

އަލިފާން ރޯވި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް ހަތަރު މީހަކު ކަނޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ލ. މާވަށު ދެކުނުން ހަތް މޭލު ބޭރުން "ނޫރު-2" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:20 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް އިން ސަޕްލައި ދޯނި އޮތް ސަރަހައްދަށް ދިޔަ އިރު ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށާއި، ދޯނިން ދަތުރުކުރި ހަތަރު މީހަކު މާވަށާ ހަ ނޯޓިކަލް މޭލު ބޭރުން ނަގާފައިވާ ކަމަށެވެ.

މިހާރު އެމީހުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

އެމީހުންގެ ހާލަތު އޮޅުން ފިލުވުމަށް ގަމު ރީޖަނަލް ހޮސްޕިޓަލަށް ގުޅި ނަމަވެސް, ފޯނު ނުނަގާތީ ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެ އެވެ.