Advertisement

ފޭސްބުކް އަދި އިންސްޓަގްރާމް ވެރިފިކޭޝަން ބެޖަށް ސަބްސްކްރައިބް ކުރޭވެ ގޮތް ހަދަނީ

20 ފެބުރުވަރީ 2023 - 09:59 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ސަބްސްކްރިޕްޝަން ޕްލޭން ބޭނުންކުރާ ފަރާތަތަކަށް ވެރިފިކޭޝަން ބެޖުގެ އިތުރުން ވެސް ބައިވަރު ފައިދާތަކެއް ލިބިގެންދާނެކަމަށް "މެޓަ" އިން ބުނޭ


ފޭސްބުކް އަދި އިންސްޓަގްރާމް ވެރިފިކޭޝަން ބެޖަށް ސަބްސްކްރައިބް ކުރޭވެ ގޮތް ހަދަނީ

20 ފެބުރުވަރީ 2023 - 09:59 0

ސަބްސްކްރިޕްޝަން މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމްގެ ވެރިފިކޭޝަން ބެޖު އާންމުންނަށް ލިބެނޭ ކަމަށް އެ ޕްލެޓްފޯމްތަކުގް މައި ކުންފުނި "މެޓަ" އިން ބުނެފި އެވެ.

"މެޓަ" ގެ ސީއީއޯ މާކް ޒަކަބާގް ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވަރަށް އަވަހަށް މި ފީޗާ ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށާއި، ސަބްސްކްރިޕްޝަން ޕްލޭންގެ އަގުތައް ހާމަކޮށްފަ އެވެ. އެގޮތުން ވެބް ބޭނުންކުރާ ފަރާތްތުގެ އަތުން މަހަކު 12 ޑޮލަރު، އަދި މޯބައިލް އެޕް ބޭނުންކުރާ ފަރާތްތަކުގެ އަތުން މަހަކު 15 ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެ އެވެ.

ޒަކަބާގް ބުނެފައިވަނީ މިފަދަ ޕްލޭން އެއް ތައާރަފު ކުރުމުގެ ބޭނުމަކީ މި ޕްލެޓްފޯމްތަކުގެ "ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް އޯތެންޓިކޭޝަން ކަށަވަރުކުރުމަށް" ކަމަށެވެ.

ސަބްސްކްރިޕްޝަން ޕްލޭން ބޭނުންކުރާ ފަރާތަތަކަށް ވެރިފިކޭޝަން ބެޖުގެ އިތުރުން ވެސް ބައިވަރު ފައިދާތަކެއް ލިބިގެންދާނެކަމަށް "މެޓަ" އިން ބުނެ އެވެ. އެގޮތުން ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ޕޯސްޓްތައް ގިނަ ބަޔަކަށް ފެނުމުގެ އިތުރުން ސްޓޯރީސް އަދި ރީލްސް ގައި ބޭނުންކުރަން އެކްސްކްލޫސިވް ސްޓިކާސް ލިބޭނެ އެވެ.

އަދި އެ ކުންފުނީގެ ކަސްޓަމާ ސާވިސް އާއި ޑައިރެކްޓްކޮށް ވާހަކަދެއްކުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކޮންމެ މަހަކު ފޭސްބުކްގެ ޑިޖިޓަލް ކަރެންސީ ގެ 100 ސްޓާސް ލިބޭނެ އެވެ.

ސަބްސްކްރައިބް ކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް "މެޓަ" އިން ވަނީ ނިޒާމެއް ގާއިމުކޮށްފަ އެވެ. އެގޮތުން ވެރިފައި ކުރެވޭނީ ހަމައެކަނި އައިޑީކާޑުގައި އިންނަ ގޮތަށް ޔޫސާ ނޭމް އިންނަ އަދި ޕްރޮފައިލް ޕިކްޗާގައި މޫނު ސާފުކޮށް ފެންނަން އިން ފޮޓޯއެއް ލާފައިވާ ފަރާތްތަކަސް އެކަންޏެވެ.

ހަމައެޔާއެކު ސަބްސްކްރައިބް ކުރާ ފަރާތަކީ 18 އަހަރު ފުރިފައިވާ މީހެއް ކަމުގައި ވާން ޖެހެ އެވެ. ސަބްސްކްރައިބް ކުރުމަށް ފަހު އެއްވެސް މައުލޫމާތެއް ބަދަލުކުރަން ބޭނުންވާ ނަމަ އަލުން ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގާނެ ކަމަސް "މެޓަ" އިން ބުނެ އެވެ.

އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް އަށް މި ހަފްތާތެރޭ މި ފީޗާ ތައާރަފުވެގެން ދާއިރު "ވަރަށް އަވަހަށް" އެހެން ގައުމުތަކަށް ވެސް ސަބްސްކްރިޕްޝަން ފީޗާ ލިބިގެން ދާނެ ކަމަށް ޒަކަބާގް ވަނީ ބުނެފަ އެވެ. އަދި މިވަގުތު ވެރިފައި ކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި އަމިއްލަ ޕްރޮފައިލްތަކަށް ކަމަށާއި ބިޒަނަސް ޕްރޮފައިލް ނުވަތަ ޕޭޖްތަކަށް އެ ފީޗާ ނުލިބޭނެކަމަށް އޭނާ ބުނެ އެވެ.

ވެރިފިކޭޝަން ބެޖަކީ މަޝްހޫރު ފަރާތްތަކާއި ބްރޭންޑްތަކުގެ ސައްހަ ޕްރޮފައިލްތައް އާންމުނަށް އެންގުމަށްޓަކައި މީގެ ކުރިން ބޭނުން ކުރަމުން އައި ފީޗާއެކެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު މިއީ "ގަނެވޭނެ" ފީޗާއަކަށް ފުރަތަމަ ހެދީ ޓްވިޓާގެ މިހާރުގެ ސީއީއޯ އީލޯން މަސްކް އެވެ.

ޓްވިޓާގެ "ބްލޫ ބެޖް" މަހަކު 8 ޑޮލަރު ދައްކައިގެން ލިބޭނެ ގޮތް ހެދުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ، އެ ފީޗާއަށް ލިބިގެން ގޮސްފައިވަނީ ފިނި ތަރުހީބެކެވެ.