Advertisement

ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުޅުވާލައިފި

14 ފެބުރުވަރީ 2023 - 14:21 0

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖޭގައި ވެކްސިން ދިނުމަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން. ރާއްޖެއަކީ އެންމެ ރަނގަޅަށް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިޔަ އެއް ގައުމު --- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު


ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުޅުވާލައިފި

14 ފެބުރުވަރީ 2023 - 14:21 0

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ހުޅުވާލައިފި އެވެ.

މި އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދެން ހުޅުވާލީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަނުން އެކަމަށް ލަފާ ދިނުމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް ކުދިންނަށް ދޭ ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސް ވެކްސިން ސެންޓަރުތަކަށް ގެންގޮސްފަ އެވެ.

މިހާރު އެ ވެކްސިން މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން، އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ވެސް ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދޭނީ ތިން ސެންޓަރަކުންނެވެ. އެއީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ދަމަނަވެށިންނެވެ.

  • އައިޖީއެމްއެޗް: އާދިއްތަ ދުވަހު 9:00 އިން 12:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް
  • ދަމަނަވެށި: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް

ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ހުޅުވާލީ މިއަދުން ފެށިގެންނެވެ.

މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެ އެޖެންސީން ވަނީ ފައިޒާ ވެކްސިންގެ ޑޯޒްތަކައި ބޫސްޓާ ޑޯޒް ފުރިހަމަ ނުކުރާ މީހުން ވެކްސިން ޖެހުމަށް އެދިފަ އެވެ.