Advertisement

ތޫފާން ގެބްރިއެލް އާ އެކު ނިއު ޒީލެންޑުގައި ކުއްލި ހާލަތު އިއުލާންކޮށްފި

14 ފެބުރުވަރީ 2023 - 09:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތޫފާން ގެބްރިއެލް އާ އެކު ނިއު ޒީލެންޑުގައި ފެންބޮޑުވެފައި - ފޮޓޯ: ގެޓީ


ތޫފާން ގެބްރިއެލް އާ އެކު ނިއު ޒީލެންޑުގައި ކުއްލި ހާލަތު އިއުލާންކޮށްފި

14 ފެބުރުވަރީ 2023 - 09:52 0

ތޫފާން ގެބްރިއެލް އަރާ ނިއު ޒީލެންޑުގައި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

މިއީ އެ ގައުމުގެ ތާރީހުގައި ވެސް ކުއްލި ހާލަތު އިއުލާންކުރި ތިންވަނަ ފަހަރެވެ. ހޯމަ ދުވަހު ނިއު ޒީލެންޑުގެ ނޮދާން އައިލެންޑަށް އެރި ތޫފާން ގެބްރިއެލްގައި ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން އެތައް ހާސް ގެއަކުން ވަނީ ކަރަންޓު ކެނޑި ފެންބޮޑުވެފަ އެވެ.

ނިއު ޒީލެންޑުގެ މޫސުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ތޫފާނުގައި ވައިގެ ބާރުމިން ވަނީ 87 މޭލަށް ގަދަވެފަ އެވެ. އޭގެ އިތުރުން 36 ފޫޓަށް ރާޅު އުފުލި އުދަ އެރުމުގެ ބިރުވެސް އެބައޮތް ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

ގައުމުގައި ކުއްލި ހާލަތު އިއުލާންކުރެއްވުމަށްފަހު ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ތޫފާނުގެ ސަބަބުން ގައުމަށް ލިބުނު ގެއްލު ދެނެގަނެވެމުންދާއިރު އެންމެ އިސްކަމެއް ދެއްވާނީ ކޮންމެހެން ބޭނުންތެރި ކަންކަން ހައްލުކުރުމަށް ކަމަށެވެ.

މިއީ ފާއިތުވިދިޔަ ދެތިން ހަފުތާގެ ތެރޭގައި ނިއު ޒީލެންޑަށް ކުރިމަތިވި ދެވަނަ ގުދުރަތީ ހާދިސާ އެވެ. އެގޮތުން މިދިޔަ މަހު އޯކްލޭންޑަށް ކުރިމަތިވި ވިއްސާރަ އާއި ފެންބޮޑުވުމުގައި ހަތަރު މީހަކު މަރުވި އެވެ.