Advertisement

އާސިރު އެންމެފަހުން ފެނުނީ އެއާޕޯޓުން، އެއްވެސް ތަނަކަށް ފުރިކަމެއް ނޭނގޭ

12 ފެބުރުވަރީ 2023 - 19:44 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގެއްލިގެންް ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއީލް، އާސިރު ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި ނޫ ޖީންސެއް -- ފޮޓޯ: ފުލުހުން


އާސިރު އެންމެފަހުން ފެނުނީ އެއާޕޯޓުން، އެއްވެސް ތަނަކަށް ފުރިކަމެއް ނޭނގޭ

12 ފެބުރުވަރީ 2023 - 19:44 0

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އެންމެ ފަހުން ފެނިފައި ވަނީ ޓެކްސީއެއްގައި އެއާޕޯޓަށް ދިޔަތަން ކަމަށާއި، އޭނާ އެއްވެސް ތާކަށް ފުރައިގެން ގޮސްފައިވާކަން އެނގެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ފުލުހުން މީޑިއާތަކަށް ކުރި މެސެޖެއްގައި ބުނެފައި ވަނީ އާސިރު އެންމެ ފަހުން ފެނިފައި ވަނީ ގެއްލުނު ރޭގެ 19:20 ކަންހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރާ މަންްޒަރު ކަމަށެވެ. އަދި, ޓެކްސީ ގޮސް މަޑުކުރުމުން އެއާޕޯޓަށް ފައިބާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު އިސްމާއިލް ޓެކްސީ އިން ފައިބައިގެން ގޮސް ޓާމިނަލްއަށް ވަންނަ މަންްޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އާސިރު އެއާޕޯޓަށް ދިޔަ ނަމަވެސް އެއްވެސްް ތަނަކަށް ފުރައިގެން ގޮސްފައިވާކަން އަދި އެނގިފައި ނުވާ ކަމަށެވެ.

އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކާއި އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްވެސްް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެ އެވެ.

އާސިރުގެ އާއިލާއިން ބުނެފައި ވަނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެރޭ 19:30 ހާއިރު ކަމަށެވެ. އަދި ގެއްލުނު އިރު ލައިގެން ހުރީ ކަޅު ގަމީހަކާއި ނޫ ޖީންސެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންްބަރު 9631696 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދިފައި ވެއެވެ.