Advertisement

ވިލާ ޓްރޭޑިން އިން ޕްލެއިން ސޮލެއިލްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި

12 ފެބުރުވަރީ 2023 - 18:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވިލާ ޓްރޭޑިން އިން ޕްލެއިން ސޮލެއިލްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި

12 ފެބުރުވަރީ 2023 - 18:27 0

ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކުންފުނި، ވިލާ ޓުރޭޑިން އިން ޕްލެއިން ސޮލެއިލް ބުރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މީގެ 24 އަހަރު ކުރިން ވުޖޫދު ކުރި ޕްލެއިން ސޮލެއިލް ބުރޭންޑަކީ ލުބުނާނުގެ ކާބޯތަކެތި އުފައްދާ ސިނާއަތުގައި މިވަގުތު އެންމެ މަގުބޫލު އެއް ބުރޭންޑެވެ.

ޕްލެއިން ސޮލެއިލް ކުންފުންޏަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ގަނޑުކުރި ތަރުކާރީ އާއި އެޕެޓައިޒާސްއާ ދަޅުގައި ހުންނަ ކާނާ އާއި ތަފާތު ސޯސްތަކާއި ތަރުކާރީ ތެލާއި އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އެ ކުންފުނިން އުފައްދަ އެވެ.

އެ ކުންފުންޏަކީ މިހާރުވެސް ދުނިޔޭގެ އަށް ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. ޕްލެއިން ސޮލެއިލް އިން ވަނީ ކުރ މުއްދަތެއްގެ ތެރޭގައި ގަނޑުކުރި ކާނާ ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކަށް މިހާރު ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ފާހަގަ ކުރީ އެ ބްރޭންޑަކީ އެއީ ހުރިހާ އުމުރުފުރައަކަށް ވެސް ކަމުދާ އުފެއްދުންތަކެއް އުފައްދާ ބުރޭންޑަކަށް ވުމެވެ.

ޕްލެއިން ސޮލެއިލްގެ ގަނޑުކުރި ތަރުކާރީއާއި މޭވާއަކީ ތަފާތު ކުޅިވަރު ކުޅޭ ފަރާތްތަކަށް ފަސޭހައިން ސްމޫތީ ފަދަ ބުއިންތައް ވެސް ތައްޔާރު ކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

އެގޮތުން، އެ ބްރޭންޑު މާކެޓު ކުރުމަށް ވިލާ ޓުރޭޑިން އިން ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު އިޝްތިހާރެއް ވެސް ނެރެފަ އެވެ.