Advertisement

ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކަށް ސީއެމްޑީއޭގެ އެވޯޑު

12 ފެބުރުވަރީ 2023 - 19:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކަށް ސީއެމްޑީއޭގެ އެވޯޑު

12 ފެބުރުވަރީ 2023 - 19:06 0

ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އިން އެވޯޑު ދީފި އެވެ.

އެ އެވޯޑުތައް ދީފައި ވަނީ އެ އޮތޯރިޓީއަށް 17 އަހަރުފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އޮޑިޓަރު ޖެނެރަލް، ހުސެއިން ނިޔާޒު ޝަރަފުވެރި ކޮށްދެއްވި އެ ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ފަރާތުން އެވޯޑު ދީފައި ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށާއި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން އަށެވެ.

ސްޓޮކް އެކްސްޗޭންޖަށް ދީފައި ވަނީ އަލަށް ތަޢާރަފުކުރެވުނު 'ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް/ފްރޭމްވަރކް' އޮޕަރޭޓްކުރުމަށް 'ވިޔަނަ' ޕްލެޓްފޯމް ތަރައްޤީ ކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ. އަދި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް ލިބިފައިވަނީ 'ޑިޖިޓަލް ބްރޯކަރޭޖް' ހިދުމަތްތައް ތައާރަފްކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެކެވެ.

އެ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީ ކުރުމުގައި ޕްރޮފެސާ ޑރ. އައިޝަތު މުނީޒާ ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވެސް ވަނީ އެވޯޑެއް ދީފަ އެވެ.

އަދި، ސީއެމްޑީއޭގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް ވެސް އެ ރަސްމިއްޔާތުގައި އެވޯޑު ދިނެވެ.

އެ ރަސްމިއްޔާތުގައި އޮޑިޓަރު ޖެނެރަލް ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީ ކުރުމުގެ މުހިންމު ކަމާއި، ކޯޕަރޭޓު ގަވަނަންސް ހަރުދަނާކޮށް ކުންފުނިތަކުގެ ޓްރާންސްޕޭރަންސީ އާއި އެކައުންޓަބިލިޓީ އިތުރުކުުުރުމުގެ އިތުރުން އިންވެސްޓަރުންގެ ކޮންފިޑަންސް މާކެޓުގެ މައްޗަށް ދެމެހެއްޓުމުގައި ސީއެމްޑީއޭގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ.

އޭގެއިތުރުން، ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ވަނީ މާކެޓަށް މިފަހުން ގެނެވިފައިވާ ކުރިއެރުންތަކުގެ ހުލާސާ ރިޕޯޓެއް ހުށަހަޅާފަ އެވެ.

ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީކޮށް ރެގިއުލޭޓު ކުރުމުގެ ޒިންމާ އަދާކުރާ ކުރުމަށް 2006 ވަނަ އަހަރު ވުޖޫދު ކުރި މުއައްސަސާ އެކެވެ.