Advertisement

ސްޓޯރީ ޓެލާސްގެ ހަ ސްޓޯލަކުން ދިވެހި ރަހަތަކާއި ފަންނުވެރިކަމަށް ފުރުސަތު

12 ފެބުރުވަރީ 2023 - 10:25 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްއެމްޕީއާރުސީން މީގެ ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެމްއެމްޕީއާރުސީ


ސްޓޯރީ ޓެލާސްގެ ހަ ސްޓޯލަކުން ދިވެހި ރަހަތަކާއި ފަންނުވެރިކަމަށް ފުރުސަތު

12 ފެބުރުވަރީ 2023 - 10:25 0

މި އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް"ގައި ދިވެހި ފަންނުވެރިކަމާއި، ރަހަތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޮންޕަރެސްގެ ހަ ޕޮޕްއަޕް ސްޓޯލެއްގައި ދިވެހި ރަހަތަކާއި ފަންނުވެރިކަމާ ގުޅުންހުރި ކަންކަމަށް ފުރުސަތު ދޭނެ އެވެ. ޖުމްލަ ހަ ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު، މަސައްކަަތްތައް ދައްކާލުމުގެ ފުރުސަތު ވެސް ލިބޭނީ ހަ ފަރާތަކަށް ކަމަށް އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.

ސްޓޯރީ ޓެލާސް ކޮންފަރެންސްގެ ހަ ޕޮޕްއަޕް ސްޓޯލުން ފުރުސަތު ދޭނީ:

  1. ކުރެހުން
  2. ކާވްކުރުން
  3. ތަކެތި ވިއުން
  4. ދިވެހި ކެއުން
  5. ދިވެހި ގަހަނާ އާއި ފެޝަން
  6. ދިވެހި ވެލްނަސް އުފެއްދުންތައްް

މި ސްޓޯލްތަކުގައި މަސައްކަތްތައް ދައްކާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 15 ވަނަ ދުވަހު ހެނދުނު 10:00 ގައި، ހ. ޒޮނޭރިޔާގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މައުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަތަކަށް ވެސް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަނޑި އަކީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ.