Advertisement

މަޝްހޫރު ރެޕާ އޭކޭއޭގެ ގަޔަށް ބަޑިޖަހައި މަރާލައިފި

12 ފެބުރުވަރީ 2023 - 06:32 0

މަޝްހޫރު ރެޕާ އޭކޭއޭ


މަޝްހޫރު ރެޕާ އޭކޭއޭގެ ގަޔަށް ބަޑިޖަހައި މަރާލައިފި

12 ފެބުރުވަރީ 2023 - 06:32 0

އޭކޭއޭގެ ނަމުން މަޝްހޫރު ދެކުނު އެފްރިކާގެ ރެޕް ލަވަ ކިޔުންތެރިޔާ، ކިއާނަން ފޯބްސް އަށް ހޮނިހިރު ދުވަހު ބަޑިން ހަމަލާދީ މަރާލައިފި އެވެ.

އުމުރުން 35 އަހަރުގެ ފޯބްސް ގަޔަށް ބަޑިޖެހީ ޑާބިންގައި އޭނާގެ ގާތް އެކުވެރިޔާ ޝެފް އަދި ވިޔަފާރިވެރިޔާ ޓެބެލޯ 'ޓިބްޒް' މޮޓްސޯއަންއާ އެކުގައި ރެސްޓޯރެންޓެއްގައި ހުރެފައި ކާރާ ދިމާއަށް ހިނގައިގަތް ވަގުތު އެވެ. އެ ދެ މީހުން ދާން ރާވާފައި އޮތީ ފޯބްސްގެ އުފަން ދުވަސް ފާހަގަ ކުރަން ނައިޓް ކްލަބަކަށެވެ. އެ ތަނުގައި އޭނާ ލަވަ ހުށަހެޅުމަށް ވެސް ހަމަޖެހިފައި އޮތެވެ.

ފުލުހުން ބުނީ ފޯބްސްގެ ގަޔަށް ބަޑިޖަހާފައިވަނީ ވަރަށް ކައިރިން ކަމަށެވެ. ހަމަލާ ދިނުމަށް ފަހު ބަޑިޖެހި ދެ މީހުން ވަގުތުން ފިލި އެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފޯބްސް މަރުވުމުގެ ގަޑިއެއްހާއިރު ކުރިން ވަނީ އޭނާގެ އަލަށް ނެރޭ އަލްބަމް "މާސް ކަންޓްރީ" އާ ބެހޭ ގޮތުން ޓްވީޓުކޮށްފަ އެވެ.

ފޯބްސްގެ މިއުޒިކް ކެރިއަރު ފެށީ ރެޕް ގްރޫޕް، އެންޓިޓީންނެވެ. ދެކުނު އެފްރިކާގައި އެތައް އެވޯޑެއް ލިބިފައިވާ ފޯބްސްއަށް އެމެރިކާގައި ބްލެކް އެންޓަޓެއިންމަންޓް ޓެލެވިޒަން (ބީއީޓީ) އެވޯޑު ލިބިފައިވެ އެވެ. އަދި ވަނީ އެމްޓީވީ ޔޫރަޕް މިއުޒިކް އެވޯޑަށް އެތައް ފަހަރަކު ނޮމިނޭޓުވެފައިވެ އެވެ.

ދެކުނު އެފްރިކާއަކީ މަރުގެ ނިސްބަތް އެންމެ ގިނަ އެއް ގައުމެވެ. އެ ގައުމުގައި ބަޑިޖަހައި ދުވާލަކު އެތައް ބަޔަކު މަރާލަ އެވެ. ދެކުނު އެފްރިކާގެ ޖަމާއަތެއްކަމުގައިވާ ޗެރިޓީ ގަން ފްރީއިން ލަފާކުރާ ގޮތުގައި އެ ގައުމުގައި ކޮންމެ ދުވަހަކު 30 މީހުން ބަޑިޖަހައި މަރާލަ އެވެ.