ދެ އަހަރުވީ އިރުވެސް ފަޔާ ހައިޑްރަންޓުތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި

މަޖީދީ މަގުގައި ގާއިމުކޮށްފައިވާ ފަޔާ ހައިޑްރަންޓެއް. ޑިސެމްބަރު 2020 ގައި ގާއިމުކުރި ސިސްޓަމްތައް އަދިވެސް ބޭނުންކުރަން ފަށާފައި ނުވޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މަޖީދީ މަގުގައި ގާއިމުކޮށްފައިވާ ފަޔާ ހައިޑްރަންޓެއް. ޑިސެމްބަރު 2020 ގައި ގާއިމުކުރި ސިސްޓަމްތައް އަދިވެސް ބޭނުންކުރަން ފަށާފައި ނުވޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާލެ ސިޓީގައި ޑިސެމްބަރު 2020، ގައި ގާއިމުކުރަން ފެށި ފަޔާ ހައިޑްރަންޓު ސިސްޓަމްތައް ނިމި ދެ އަހަރު ވެގެންދިޔައިރު ވެސް އެ ސިސްޓަމް ބޭނުން ކުރެވޭ ހާލަތަށް ގެނެވިފައި ނުވާކަން ހާމަވެއްޖެ އެވެ.

މި މަސައްކަތް ކުރިއަށްގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިންނެވެ. މާލޭގައި ރޯވާ އަލިފާންގަނޑުތައް ފަސޭހަކަމާ އެކު ކޮންޓްރޯލް ކުރުމަށް މަޖީދީ މަގުގައި 12 ފަޔާ ހައިޑްރަންޓު ބަހައްޓާފައިވެ އެވެ. އެއީ، އެމްޑަބްލިއުއެސްސީ އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް މަސައްކައްކުރާ އެކްޓިވިސްޓު އައިމަން ލަތީފް (ޕިކޯ) އެދިގެން ޑިފެންސް މިނިސްޓްރީން ދިން މައުލޫމާތުން އެނގޭ ގޮތުގައި ދެ އަހަރު ވެގެންދިޔައިރު ވެސް އެ ސިސްޓަމް ބޭނުންކުރެވޭ ހާލަތަށް ގެނެވިފައެއް ނުވެ އެވެ.

އެގޮތުން، އެމްޑަބްލައުއެސްސީގެ މައި ފެން ހޮޅިއާ އެ ސިސްޓަމް ގުޅާލުމުގެ ފުރަތަމަ ކަނެކްޝަން ނިމިފައިވާ ކަމަށް ޑިފެންސުން ބުނެފައިވެ އެވެ.

"ދެވަނަ ކަނެކްޝަންގެ މަސައްކަތްތައް ނިމުމުން ފަޔާ ހައިޑްރަންޓުތައް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓިން ފޭސްގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވޭ،" ޑިފެންސުން ބުނެފައިވެ އެވެ.

އަދި، ޓެސްޓިންގެ މަސައްކަތްތައް ނިމުމާ އެކު "ކައިރި މުސްތަގުބަލެއްގައި" އެ ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން، އެމްއެންޑީއެފްގެ އަލިފާން ނިއްވުމުގެ ގާބިލުކަން އިތުރުކުރާނެ ކަން ހާމަކުރީ ސެޕްޓެމްބަރު 2019 ގައި ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހު އެވެ.

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ނިއްވާލުމަކީ ދަތި ކަމެކެވެ. ގޯޅިތައް ހަނިވުމާއި، އެއްގަމު އުޅަނދުތައް ގިނަވެ، ޖާގައިގެ ދަތިކަން އިންތިހާއަށް އޮތުމުން އަލިފާން ނިއްވާ އުޅަނދުތަކަށް މަގުތަކުގައި ދުއްވަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. ހަނި ގޯޅިތަކަށް އެ ވެހިކަލްތަކަށް ނުވަދެވޭތީ މަސައްކަތް ކުރަން ޖެހެނީ ހޮޅި ލައިނު އަޅައިގެން އަލިފާން ނިއްވުމަށެވެ.

މާލޭގައި މިފަހުން ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފަ އެވެ. މ. ނިރުފެހިގޭގައި ރޯވި އަލިފާންގަނޑުގައި 10 މީހެއްގެ ފުރާނަ ގެއްލިގެން ދިޔައިރު ނީލަން ފިހާރައިގެ ރޯވެ އެތަނުގައި ހުރި އެކޮމޮޑޭޝަން ބްލޮކަކާ އެކު އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox