23 ޑިސެންބަރު 2024 - 07:07 0
ފުވައްމުލަކު މަތިން ނަގާފައި ފޮޓޯއެއް. ދޭތެރެދެތެރެއިން ރާއްޖެއަށް ސޯމާލިއާގެ މީހުންނާއެކު އުޅަނދުފަހަރު ލައްގާ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
23 ޑިސެންބަރު 2024 - 07:07 0
ފުވައްމުލައް ސިޓީ ބޭރުން ކަނޑުމަތީގައި އޮތް ޑިންގީއަކުން ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުން ފެނިއްޖެ އެވެ.
މިވަގުތު އެ މީހުން ތިބީ ފުވައްމުލަކުގެ ބަނދަރުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ. އެ ތަނުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
"އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނު ގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ސްކިފްއެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި," އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
އެ މީހުން ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެއް ކަމަށްވާއިރު ރާއްޖެއަށް އެ މީހުން ލެއްގީ ބެހިގެން ކަމަށް ބެލެެވެ އެވެ. އެފަދަ ކުޑަ ޑިންގީއެއްގައި ރާއްޖެއަށް ދަތުރުކުރުމަކީ ގޮންޖެހުން ބޮޑު ނުރައްކާތެރި ކަމަކަށް ވާނެ އެވެ.
މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ނުރައްކާތެރި ކަނޑުގެ ސަރަހަދެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment