Advertisement

އާސިރު ގެއްލުނުތާ ހަފުތާއެއް، އަދިވެސް ނުފެނޭ

11 ފެބުރުވަރީ 2023 - 11:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާސިރު ގެއްލުނުތާ ހަފުތާއެއް، އަދިވެސް ނުފެނޭ

11 ފެބުރުވަރީ 2023 - 11:05 0

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުންދާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިރު އެންްމެ ފަހުން ފެނިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 7:30 ހާއިރު މާލޭންނެވެ. އޭނާ މި ފަހުން ދިރިއުޅެމުން އައީ މާލޭގަ އެވެ. އޭރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހަކާއި، ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެ އެވެ.

"[އާސިރު ނުފެންނާތީ] ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން،" ފުލުހުން މި ނޫހަށް ހިއްސާކުރި މެސެޖްގައިވެ އެވެ.

އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންްބަރު 9631696 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދިފައި ވެއެވެ.

މަލޭން މީހަކު ގެއްލިގެން ހޯދަމުންދާއިރު، މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހުން ފެށިގެން އއ. މަތިވެރިން 73 އަހަރުގެ މީހަކު ވެސް ގެއްލިގެން ހޯދަމުން އެބަ ދެ އެވެ. ހަސަން އަލީ (ހަސަންފުޅު) ހޯދުމަށްރަށު ފަޅުތެރެ ވެސް ބަލާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.