Advertisement

ނިއު ޒީލެންޑުގެ ކަނޑުގެ ސަރަހައްދުން 3 ޓަނުގެ ކޮކެއިން ހޯދައިފި

10 ފެބުރުވަރީ 2023 - 14:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ނިއު ޒީލެންޑުގެ ކަނޑުގެ ސަރަހައްދުން ފެނުނު 3 ޓަނުގެ ކޮކޭން ޝިޕްމަންޓު -


ނިއު ޒީލެންޑުގެ ކަނޑުގެ ސަރަހައްދުން 3 ޓަނުގެ ކޮކެއިން ހޯދައިފި

10 ފެބުރުވަރީ 2023 - 14:28 0

ނިއު ޒީލެންޑުގެ ފުލުހުން، ސިފައިން، އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ތިން ޓަނަށްވުރެ ގިނަ އަދަދެއްގެ ކޮކެއިން ހޯދައިފި އެވެ.

ބޮއެ ތަކެއް އެލުވާފައިހުރި ދާގަނޑެއްގެ ތެރޭއަށް އަޅާފައިހުރި މި ކޮކެއިން ޕެކެޓުތައް ފެނިފައިވަނީ ޕެސިފިކް ކަނޑުގައި އޮޔާދަނިކޮށް ނިއު ޒީލެންޑުގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ 'އޮޕަރޭޝަން ހައިޑްރޯސް' ގެ ދަށުންނެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. ނިއު ޒީލެންޑުގެ ފުލުހުން ބުނާ ގޮތުން މިއީ މަގުމަތީ އަގުން ބަލާނަމަ 318 މިލިއަން އެމެރިކާ ޑޮލަރުގެ މަސްތުވާތަކެއްޗެވެ.

އަދި މިއީ ނިއު ޒީލެންޑުގެ މާކެޓުގައި 30 އަހަރަށް ބޭނުންވާ ސަޕްލައިގެ މިންވަރު ކަމަށާއި އަދި އެ ގައުމުގެ އަވަށްޓެރި އޮސްޓްރޭލިއާގެ މާކެޓުގެ އެއް އަހަރުގެ ސަޕްލައި ކަމަށް ނިއު ޒިލޭންޑުގެ ޕޮލިސް ކޮމިޝަނާ އެންޑްރިއު ކޯސްޓާ ވަނީ ބުނެފަ އެވެ. ބައިނަލްއަގުވާމީ އިދާރާތަކުން ދެކޭ ގޮތުގައި މި ޝިޕްމެންޓުގެ މަންޒިލަކީ އޮސްޓްރޭލިއާ އެވެ.

އެ ތަކެތި ކަނޑުން ނަގާ މިހާރު ވަނީ ނިއު ޒީލެންޑަށް ގެންގޮސްފަ އެވެ. އަދި މިއީ ދެކުނު އެމެރިކާއިން އޮސްޓްރޭލިއާއަށް ކޮކެއިން ސަޕްލައި ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށް ނިއު ޒީލެންޑުގެ ފުލުހުން ވަނީ ބުނެފަ އެވެ.