Advertisement

އިރާނުގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ގައިދީން މިނިވަން ކުރަނީ

6 ފެބުރުވަރީ 2023 - 05:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ - ފޮޓޯ: ރޮއިޓާސް


އިރާނުގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ގައިދީން މިނިވަން ކުރަނީ

6 ފެބުރުވަރީ 2023 - 05:45 0

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ދެއްވާ އަފޫ އާންމުގެ ދަށުން ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ގައިދީން މިނިވަންކޮށްފި އެވެ.

މި އަހަރު ދޫކޮށްލާ ގައިދީންގެ އަދަދު ކަށަވަރު ނުވި ނަމަވެސް އެތައް ހާސް ގައިދީންނެއް ދޫކޮށްލާނެ ކަމަށް އާދީއްތަ ދުވަހު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި އަފޫ އާންމުގައި، މިދިޔަ އަހަރު އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރި ގައިދީން ހިމެނިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިރާނުގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައާފުގައި، ސަރުކާރާ ދެކޮޅަށް ހިންގާ އެކި ހަރަކާތްތަކުގެ ބައިވެރިންނާއި ބިދޭސީން ނުހިމެނޭނެ އެވެ.

މިއާއެކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އީރާނުގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މި ދަނޑިވަރުގައި ގައިދީން މިނިވަން ކުރަނީ ސަރުކާރުން ޕްރޮޕެގެންޑާ ފެތެރުމަށާއި މޫނުމަތި ރީތިކުރުމަށް ޖައްސާ 'ސްޓަންޓެއް' ގޮތުގައި ކަމަށެވެ.

ސެޕްޓެމްބަރު 2022 ގައި އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މަހްސާ އަމިނީ ގެ މަރާއެކު އެ ގައުމުގެ މަސްރަހު ގޯސްވެ އެތައް މަހެއް ވަންދެން ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ކުރި ސިލްސިލާ މުޒާހަރާތަކުގައި އީރާނުން ވަނީ އެތައް ހާސް މީހުންނެއް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ސެކިއުރިޓީ އޮފިޝަލުންނަށް ހަމަލާ ދިން ކަމަށް ބުނެ ދެ ގައިދީއަކަށް މިދިޔަ މަހު މަރުގެ އަަދަބުވެސް ވަނީ ދީފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އެކި ދައުވާތައް ކޮށްފައިވެ އެވެ.