5 ފެބުރުވަރީ 2023 - 13:38 0
އާމިނަތު ނިއުޝާ
ރަސްމާދޫ ސްކޫލު ޕްރިންސިޕަލް ޒިޔާދު ރަޝާދު -- ފޮޓޯ: ފޭސްބުކް
5 ފެބުރުވަރީ 2023 - 13:38 0
ލިބެންޖެހޭ އިނާޔަތްތަކެއް ނުދޭ ކަމަށް ބުނެ ރ. ރަސްމާދޫ ސްކޫލު ޕްރިންސިޕަލް ވަޒީފާއަށް ނުނުކުންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރަސްމާދޫ ސްކޫލް ޕްރިންސިޕަލް ޒިޔާދު ރަޝާދު ޗުއްޓީއަކަށް ފަހު ސްކޫލަށް ހާޒިރު ނުވާތާ ދޮޅުމަހެއްހާ ދުވަސް ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓްް ސެކްްރެޓަރީ އަހުމަދު އަލީ މިއަދު "އަދަދު"އަށް ވިދާޅުވި އެވެ.
"ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ސްކޫލަށް ހާޒިރު ނުވާތީ އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން ދަނީ އަޅައި އެފަރާތް ވަޒީފާއިން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދަމުން," ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ވަޒީފާއިންް ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އަހުމަދު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ޕްރިންސިޕަލް ޒިޔާދު "އަދަދު"އަށް ވިދާޅުވީ، ސްކޫލަށްް ނުނުކުންނަނީ އެ ސަބަބުތައް ސްކޫލަށާއި، އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ލިއުމުން އެންގުމަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑަށް ހާޒިރު ވެވެން ނެތް ކަމަށް އޮންނާނެ ސަބަބާ އެއްކޮށް ލިއެފަ. އެއީ އަޅުގަނޑަށް ދޭން ޖެހޭ އެލަވަންސްތަކެއް ނުދީ ހުރުމުގެ ސަބަބުން އަދި އެޑިއުކޭޝަން މިނިސްޓްރީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން," ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ އޭނާ އަހަރީ ޗުއްޓީއަށް ދިއުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވާނީ، އެޑިއުކޭޝަން މިނިސްޓްރީންް އެލަވަންސް ނުދޭނަމަ ސްކޫލަށް ހާޒިރުވެވެން ނެތް ވާހަކަ ދަންނަވާފައި ކަމަށެވެ.
އޭނާ މީގެކުރިން ހުންްނެވީ ޅ. ނައިފަރުގައި ހުންނަ "މަދަރުސަތުލް އިފްތިތާހު"ގެ ޕްރިންސިޕަލެއްގެ މަގާމުގައިކަން ފާހަގަކުރައްވައި, ޒިޔާދު ވިދާޅުވީ، އޭނާ ވަނީ އެއްވެސް ސަބަބެއް ނެތި މާލެ ބަދަލުކޮށްް އަދި ހަމަ އެގޮތަށް އެއްވެސް ސަބަބެއް ނެތި ރަސްްމާދޫއަށް ވެސް ބަދަލުކޮށްފައި ކަމަށެވެ.
މާލޭގައި ހުރި ދުވަސްވަރު ލިވިން އެލަވަންސްގެ ގޮތުގާ ދިނީ އެންމެ 1500 ރުފިޔާ ކަމަށާއި، ރަސްމާދޫގައި ވެސް ހުންނަން ޖެހެނީ ކުލި ދީގެން ކަމަށް ވާއިރު، ލިވިން އެލަވަންސްގެ ގޮތުގާ އެންމެ ރުފިޔާއެއް ވެސް ނުދޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"2022 ޖެނުއަރީ 23 އިން ފަށައިގެން އަޅުގަނޑަށް ދޭންވާ އެލަވަންސްތަކެއް އެބަހުރި ނުދީ. އެލަވަންސް ނުދެންޏަކާ އަޅުގަނޑަކަށް ވެސް ނޫޅެވޭނެ." ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވަނީ އޭނާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ ސިޔާސީ ނުފޫޒުތަކާ އެކު މިނިސްޓްރީން ގަސްތުގައި ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ.
Comment