Advertisement

ޝަމްއާއަށް ގަވައިދުގެ ތެރެއިން ދެވެން އޮތް ހުރިހާ ލުޔެއް ދިނިން: ޓްރައިބިއުނަލް

5 ފެބުރުވަރީ 2023 - 10:18 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޓްރައިބިއުނަލުގެ މެންބަރު މަރްޔަމް ޝަމްއާ އިބްރާހީމް، --- ފޮޓޯ: އިންސްޓަގްރާމް


ޝަމްއާއަށް ގަވައިދުގެ ތެރެއިން ދެވެން އޮތް ހުރިހާ ލުޔެއް ދިނިން: ޓްރައިބިއުނަލް

5 ފެބުރުވަރީ 2023 - 10:18 0

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރަކު ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ކުރުކުރި ކަމަށް ތުހުމަތުކޮށް ދެކެވެމުން އަންނަ ވާހަކަތަކަށް އެ ޓްރައިބިއުނަލުން ދޮގުކޮށް, ރައްދު ދީފި އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު މަރްޔަމް ޝަމްއާ އިބްރާހިމް، އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުގައި ހިއްސާކުރެއްވި ގޮތުގައި ވިހެއުމާ ގުޅިގެން ދިން ޗުއްޓީއަށް ފަހު އަލުން ވަޒީފާއަށް ނުކުންނަން ޖެހުނު އިރު އޭނާގެ ދަރިފުޅަށް ދެ މަސް ނުފުރެ އެވެ. ދަރިފުޅަށް ގަޑިން ގަޑިއަށް ކާންދިނުމަށް ގެއާ އޮފީހާ ދެމެދު ދުވުމަކީ އުނދަގޫ ކަމަކަށް ވާތީ، އޮފީހަށް ނުކުންނަން މަޖުބޫރުވީ ދަރިފުޅު ގޮވައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝަމްއާގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ޓްރައިބިއުނަލަށް ފާޑުކިޔާފަ އެވެ.

ވިހެއުމުން ޓްރައިބިއުނަލުގެ މެންބަރުންނަށް ދެނީ 60 ދުވަހުގެ ޗުއްޓީއެއް ކަމަށް ބުނާ އުސޫލުގައި ޝަމްއާގެ ސޮއެ ވެސް އެބަ އޮތް:

އެ ޓްރައިބިއުނަލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، 2019 ވަނަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމުން މެޓާނިޓީލީވްގެ ގޮތުގާ ހަ މަސް ދުވަސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންްމަވާފައި އޮތް ނަމަވެސް އެ ޓްރައިބިއުނަލްގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ނުވާތީ ވިހެއުމުން ދޭ ޗުއްޓީގެ ގޮތުގައި އޮންނަނީ ދެ މަސް ދުވަސް ކަމަށެވެ.

".. މި އިދާރާގެ މަސައްކަތަށް ބުރޫނާރާނޭހެ ޗުއްޓީތައް ނެގުމަށް ހުރިހާ މެންބަރުން ވާނީ އެއްބަސްވެފަ އެވެ. އެގޮތުން އިސްވެ ދެންނެވުނު އުސޫލުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ހައްގުވަނީ ވަޒީފާއާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާހެން 60 ދުވަހުގެ ޗުއްޓީއެއްކަން އެނގެން އޮންްނަ އިރު އިސްވެ ދެންނެވުނު އުސޫލުގައި މެންބަރު މަރްޔަމް ޝަމްއާ އިބްރާހީމް ސޮއިކޮށްފައި އޮތުމުން... " މި އުސޫލަށް މެންބަރު ޝަމްއާ ވެސް އެއްބަސްވެފައިވާކަން ހާާމަކޮށް ޓްރައިބިއުނަލުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

މެންބަރުންނަށް ދެ މަސް ދިނުމަށް ޓްރައިބިއުނަލްގެ އުސޫލުގައި ބަޔާންކޮށްފައި ވީނަމަވެސް އެ ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ހަ މަހުގެ ޗުއްޓީއެއް ދަނީ ދެމުންނެވެ. ޝަމްއާގެ ޗުއްޓީ އިތުރުކޮށްދޭން އެދުނު ނަމަވެސް އެކަން ކޮށްދީފައި ނުވަނީ އެއީ ޓްރައިބިއުންލް ރައީސްގެ ބާރުގެ ދަށުގައި އޮންނަ ކަމަކަށް ނުވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ދަރިފުޅިު ގޮވައިގެން އޮފީހަށް ދިއުން ނޫން ގޮތެއްް ނެތި، ދަރިފުޅު ގޮވައިގެން އޮފީހަށް ދިއުމަށް މަޖުބޫރުވެފައިވާ ކަމަށް ޝަމްއާ ބުނެފައި ވީނަމަވެސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ނުނަގާ އޮތް ކަމަށް ޓްރައިބިއުނަލުން ވަނީ ބުނެފަ އެވެ.

އަދި ދުވާލަކު 30 މިނެޓުގެ ދެ ބްރޭކް ދަރިފުޅު ކައިރިއަށް ދިއުމަށް ދީފައިވާނެ ކަމަށާއި، މިއާ އެކު ޝަމްއާ މަސައްކަތުގައި ހޭދަކުރަން ޖެހޭނީ ޖުމްލަަ ތިން ގަޑިއިރާ 30 މިނެޓު ކަން ވެސް ބަޔާންކޮށްފައި ވެއެވެ.

މެންބަރުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފަައި ނުވަނީ އެ ޓްރައިބިއުނަލުގައި ތިބީ ދެ މެންބަރުން ފިޔަވާ ހައްތަހާ ވެސް އަންހެން މުވައްޒަފުންނަށް ވެފައި ހަ މަހުގެ ޗުއްޓީއެއް އަންހެން މުވައްޒަފުންނަށް ދީފި ނަމަ އެކަމުގެ ސަބަބުން އެތަނުގެ މަސައްކަތްތަކަށް ބުރޫއަރާ، އާންމު ފަރުދުންގެ ހައްގުތައް ހޯދައިދިނުމުގައި ސީދާ އަސަރު ފޯރައިފާނެ ކަމަށް ހުރިހާ މެންބަރުންނަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް މަރްޔަމް ޝަމްއާ އިބްރާހީމްއަަށް ދެވެން ހުރި ހުރިހާ ލުއިތަކެއް މި ޓްރައިބިއުނަލުން ދިނުމަށް މަސައްކަތް ކޮށްފައިވާއިރު، އަދި ޓްރައިބިއުނަލުގެ މެންބަރެއްގެ ހައިސިއްޔަތުން އިސްވެ ފާހަަގަކުރެވުނު ކަންތައްތަކަކީ މެންބަރު މަރަޔަމް ޝަމްއާ އިބްރާހީމްއަށް ވެސް އެނގިލައްވާާނެ މައުލޫމާތުތަކެއް ކަމުގައިވާއިރު، ކަން ހިނގާފައިވާއިރު އޮޅޭ ގޮތަށް، ޓްރައިބިއުނަލުގެ ނަން ބަދުނަމުވާާނޭހެން ސޯޝަލް މީޑިއާތަކަށާއި ނޫސްމަޖައްލާތަކަށް މެންބަރު މަރްޔަމް ޝަމްއާ އިބްރާހީމް މައުލޫމާތު ދީނުމަކީ މި ޓްރައިބިއުނަލުން ނުހަނު ކަންބޮޑުވާކަމެކެވެ," އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝަމްއާއަށް ޗުއްޓީ ދިނުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށްވާއިރު، މިކަމާ ގުޅިގެން އެ ޓްރައިބިއުނަލުގެ ބަަހެއް ހޯދުމެއް ނެތި ބައެއް ނޫސްތަކުގައި ހަބަރުތަައް ޝާއިއުކޮށްފައިވާތީ ހިތާމަކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.