Advertisement

ފެލިދު އާއި ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން 33 މިލިއަން ރުފިޔާ

1 ފެބުރުވަރީ 2023 - 16:51 0

ނިމާ ހަސަން

ނިމާ ހަސަން

ފެލިދުއާއި ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ފެލިދު އާއި ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން 33 މިލިއަން ރުފިޔާ

1 ފެބުރުވަރީ 2023 - 16:51 0

ވ. ފެލިދު އާއި ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 33 މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީން އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ ސާސް-އީ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. 33 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ 450 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެ މަސައްކަތް ނިންމާ ހަވާލުކުރުމުގެ އެންމެ ފަހު ތާރީހަކީ 2024, އޭޕްރީލް 26 އެވެ.

ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން، އަދި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ގާއިމް ކުރާނެ އެވެ. އޭގެ އިތުރަށް 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދު ކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ކެޔޮދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން އާއި 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމް ކުރުން ހިމެނޭއިރު 20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރިން ބުނީ، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާއިރު ރަށްގިރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.