Advertisement

މަގު ކޮނުމުގެ ފީ 154 ޕަސެންޓު ބޮޑުކުރުމުން ސިޓީ ކައުންސިލް ގޮވައިގެން ސްޓެލްކޯ ކޯޓަށް

1 ފެބުރުވަރީ 2023 - 13:24 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސްޓެލްކޯގެ އެމްޑީ ޝަރީފް؛ ވިދާޅުވީ އުސޫލު ބާތިލުކުރަން ކޯޓަށް ދާނެ ކަމަށް ---


މަގު ކޮނުމުގެ ފީ 154 ޕަސެންޓު ބޮޑުކުރުމުން ސިޓީ ކައުންސިލް ގޮވައިގެން ސްޓެލްކޯ ކޯޓަށް

1 ފެބުރުވަރީ 2023 - 13:24 0

މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދު ކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން 154 ޕަސެންޓު ބޮޑުކުރުމާ ގުޅިގެން، އެ ދެ އުސޫލު ބާތިލް ކުރުމަށް ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލާ ކުއްލިއަކަށް ކަމަށެވެ.

"މި އުސޫލުގެ ދަށުން މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ، ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު ކުރީގެ އަގު 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" އާ އަގުތައް ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން އަމަލު ކުރުމަށް ނިންމައި، ކައުންސިލުން މި އުސޫލު ގެޒެޓު ކޮށްފައިވަނީ ޖެނުއަރީ ދެ ވަނަ ދުވަހު ކަމަށެވެ. އަދި، ރައްޔިތުންނަށް މާލީ ބުރަ ކަމެއް އަންނަ އުސޫލެއް އާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ބާތިލް އުސޫލެއް ކަމަށް، މިއީ ސިޓީ ކައުންސިލަށް އިއުލާނު ކުރެވޭނެ އަދި އަމަލު ކުރެވޭނެ އުސޫލެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އުސޫލު ބާތިލު ކަމަށް ޝަރީފް ގަބޫލުކުރައްވާ އަނެއް ސަބަބަކީ މި އުސޫލު ހަދަން ޖެހޭނީ އެލްޖީއޭގެ މަޝްވަރާއާއެކުގައި ނަމަވެސް، އުސޫލު ހެދުމުގައި އެ އިދާރާއާއެކު މަޝްވަރާ ކޮށްފައި ނުވުމެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި އުސޫލު ބާތިލުކޮށް، އަމަލު ކުރަން ނުޖެހޭނެ ކަމަށް ނިންމުމަށް ކޯޓަށް ދިއުމަށް ދާން ނިންމާފައިވާ ކަމަށެވެ.