Advertisement

ގެވެށި އަނިޔާގެ ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

31 ޖަނަވަރީ 2023 - 09:34 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް..


ގެވެށި އަނިޔާގެ ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

31 ޖަނަވަރީ 2023 - 09:34 0

ގެވެށި އަނިޔާގެ މައްސަލައެއްގާ ފަނޑިޔާރަކު އަމަލުކުރި ގޮތާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާާއެއް ޖުޑީޝަލް ސާާވިސް ކޮމިޝަން (ޖޭއެސްސީ)ންް ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަ އަކާއި ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައެއްގައި އެ ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އަމަލުކުރި ގޮތާއި މެދު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުން ދާކަމަށެވެ.

މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ފަސް ވަނަ ޖަލްސާަގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

އެ ޖަަލްސާގައި މި މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ.