Advertisement

2024 ގެ ކޮޕަ އެމެރިކާ ބާއްވާނީ އެމެރިކާގައި

28 ޖަނަވަރީ 2023 - 09:16 0

2021 ވަަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލް މެޗަށް ފަހު އާޖެންޓީނާ އިން ތަށްޓާ އެކު އުފާފާޅުކުރަނީ.


2024 ގެ ކޮޕަ އެމެރިކާ ބާއްވާނީ އެމެރިކާގައި

28 ޖަނަވަރީ 2023 - 09:16 0

ހޫސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖެނުއަރީ 28) - އަންނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ބާއްވާނީ އެމެރިކާގައި ކަމަށް ދެކުނު އެެމެރިކާގެ މައި ފުޓްބޯޅަ އިދާރާ، ކޮންމެބޯލް އިން ނިންމައިފި އެވެ.

އެންމެ ފުރަތަމަ، 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ބާއްވަން ފުރުސަތު ދިނީ އެކުއެޑޯ އަށެވެ. އެކަމަކު، މިދިޔަ ނޮވެމްބަރު މަހު އެކުއެޑޯގެ ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މުބާާރާތް ހޯސްޓްކުރެވެން ނެތްކަން ކޮންމެބޯލް އަށް އަންގައިފަ އެވެ.

އިއްޔެ، ކޮންމެބޯލް އިން ނިންމީ ދެ ވަނަ ފަހަރަށް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް، ދެކުނު އެމެރިކާ އިން ބޭރު ގައުމެއްގައި ހޯސްޓް ކުރުމަށެވެ. އެ ގޮތުން، 2016 ވަނަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ ވެސް ހޯސްޓަކަށް ކަނޑައެޅީ އެމެރިކާ އެވެ.

ސޯޅަ ޓީމު ވާދަކުރާ އަންނަ އަހަރުގެ ކޮޕަ އެެމެރިކާގެ ހޯސްޓަކީ އެމެރިކާ ނަމަވެސް އެ ޓީމަށް ސީދާ ޖާގައެއް ނުލިބޭނެ އެވެ.

ކޮންމެބޯލްގެ 10 ގައުމުގެ އިތުރުން، ކޮޮޕަ އެމެރިކާގެ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވާ، ހަ ޓީމެއް ކަނޑައަޅާނީ މި އަހަރުގެ އުތުރު އެމެރިކާ ނޭޝަންސް ލީގާއި، ކެރީބިއަން އަދި ސެންޓްރަލް އެމެރިކާ ގައުމުތަކުގެ ތެރެެއިންނެވެ. އެމެރިކާ އަންނަން ޖެހޭނީ އެ ހަ ގައުމަށް ދޭ ކޮލިފައިން ޖާގައެއްގެ ތެރެއިންނެވެ.

އެމެރިކާ އިން ވަނީ 2016 ވަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި ކޮޕަ އެމެރިކާގެ ހާއްސަ މުބާރާތުގައި ކުޅެފަ އެވެ. އެއީ ކޮޕަ އެމެރިކާ މުބާރާތަށް 100 އަހަރު ފާހަގަކުރަން ކުޅުނު ހާއްސަ މުބާރާތެކެވެ. ކޮޕަ އެމެރިކާ ސެންޓެނަރިއޯގެ ނަމުން ނަން ދެވުނު އެ މުބާރާތުގެ ހަތަރު ވަނަ އަށް އެމެރިކާ ދިޔައިރު، ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓި ޖަހައިގެން މޮޅުވެ ތަށި ހޯދީ ޗިލީ އެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރު މުބާރާތް ބްރެޒިލްގައި ބޭއްވިއިރު، އެ ގައުމު ފައިނަލުގައި ބަލިކޮށް ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އެެވެ. މިދިޔަ މަހު ނިމުނު ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލީ ވެސް އާޖެންޓީނާ އިންނެވެ.