Advertisement

39 ވަނަ ފަހަރު ހައްޔަރުކުރީ ޖުވެނައިލް ކޯޓު ފަޅާލައި ވައްކަންކުރަނިކޮށް

26 ޖަނަވަރީ 2023 - 13:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޖުވެނައިލް ކޯޓު ސަރަހައްދު؛ ކޯޓު ކުޑަދޮރެއް ހަލާކުކޮށް ވަދެ ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި - ފޮޓޯ: އީސީޔޯންގް


39 ވަނަ ފަހަރު ހައްޔަރުކުރީ ޖުވެނައިލް ކޯޓު ފަޅާލައި ވައްކަންކުރަނިކޮށް

26 ޖަނަވަރީ 2023 - 13:07 0

ޖުވެނައިލް ކޯޓު ކުޑަދޮރު ހަލާކު ކޮށްލުމަށް ފަހު އެތެރެއަށް ވަދެ ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ޖުވެނައިލް ކޯޓު ތެރެއަށް ވަނީ ބޭރުން ވަދެވޭ ގޮތަށް ހުންނަ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ. އަދި ހަލާކުކޮށްލި ކުޑަދޮރުން އެތެރެއަށް ވަދެ އަގު ބޮޑެތި މުދާތައް ވަގަށް ނަގާފައިވެ އެވެ. ޖުވެނައިލް ކޯޓުގައި ހުރި ސީސީޓީވީ ކެމެރާތަކަށް މި މަންޒަރު ރެކޯޑުވެފައި ވެ އެވެ. ފުލުހުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަށް މި ސީސީޓީވީ ފުޓޭޖް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި ކުށަށް އިއުތިރާފުވެ ޖަލުގައި ބަންދުކޮށްދިނުމަށް އަމިއްލައަށް ވެސް އޭނާ އެދިފައި ވެ އެވެ. މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮތް އެ މީހާ މީގެ ކުރިން 39 ފަހަރު ހައްޔަރުކޮށް، 19 ފަހަރު ޖަލުގައި ބަންދުކޮށްފައިވެ އެވެ.