Advertisement

އުފަންވާ ކުދިން ވަގުތުން ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

26 ޖަނަވަރީ 2023 - 14:28 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އުފަންވާ ކުދިން ރަޖިސްޓްރީކުރުމަށް ލުޔެއްގެ ގޮތުން މިހާރު ވަނީ ޕޯޓަލެއް ގާައިމްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އުފަންވާ ކުދިން ވަގުތުން ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި

26 ޖަނަވަރީ 2023 - 14:28 0

އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމަށް ޕޯޓަލެއް ގާއިމުކޮށް، އުފަންވާ ކޮންމެ ކުއްޖެއް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ގާއިމްކޮށްފި އެވެ.

ޑީއެންއާރުން ގެނައި އެންމެ ބޮޑު ބަދަލަކީ ހޮސްޕިޓާތަކުން ގަލަމުން ފުރަމުން އައި ފޫޅުމައި ފޯމު ފުރުން ޕޯޓަލަކަށް ބަދަލު ކުރުމެވެ. އެ ބަދަލު ގެނައުމުން، ހޮސްޕިޓަލުން ފޫޅުމައި ފޯމު ޕޯޓަލުން ކައުންސިލަށް ފޮނުވުމުން ކުއްޖާ ރަޖިސްޓްރީވީ ކަމަށް ބެލެވޭނެ އެވެ. ބެލެނިވެރިޔާއަށް ދޭނީ ފޯމުގެ ކޮޕީ އެވެ.

ކުރިން އެކަން އޮންނަ ގޮތުން ނަމަ، ހޮސްޕިޓަލުން ދޭ ފޫޅުމައި ފޯމު ހިފައިގެން ބެލެނިވެރިޔާ ކައުންސިލަށް ދާންޖެހޭނެ އެވެ. މީގެ ފަހުން ދެން އެ މަރުހަލާއެއް ނޯންނާނެ އެވެ.

އެ ބަދަލު ގެނައީ، ކުއްޖާ އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީނުކޮށްފި ނަމަ 10،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މިފަހުން ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، އާންމުންގެ ކަންބޮޑުވުން އަމާޒުވެފައި އޮއްވަ އެވެ.

މިހާރު އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު އުފަންވުން ރަޖިސްޓަރީ ކުރަން މި ޤާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދޭންޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދަންނަވާލިން،" ޑީއެންއާރުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމުގެ ބިލު ތަސްދީގުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. މި ބިލަށް ރައްޔިތުންްގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އޮތް އިރު ވެސް އާންމުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު ދިން ލުޔަކީ ގާނޫނު ކަނޑައެޅަޅާފައި އޮންނަ މުއްދަތުގައި ރަޖިސްޓްރީނުކޮށްފި ނަމަ ޖޫރިމަނާކުރުމުގައި އެ ކަން ނުކުރި ސަބަބަކަށް ރިއާޔަތް ކުރެވޭ ގޮތަށް އިސްލާހު ގެނައުމެވެ.