Advertisement

މ. ބޯހުރާ ރިސޯޓްގެ އިހުތިސޯސް ތެރެއަށް ރާޅާ އެޅުމަށް ހާއްސަ ޕޮއިންޓްތައް ނުވަންނާނެ

25 ޖަނަވަރީ 2023 - 23:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މ. އަތޮޅުގައި ރާޅާ އެޅުމަށް މަގުބޫލު ސަރަހައްދެއްގައި ކުޑަކުއްޖަކު ރާޅާ އަޅަނީ؛ މ. ބޯހުރާ ރިސޯޓްގެ އިހުތިސޯސްގެ ތެރޭގައި މިފަދަ ސަރަހައްދުތައް ނުހިމެނޭ ކަމަށް ބުނެފި - ފޮޓޯ: ސާފް އެޓޯލްސް


މ. ބޯހުރާ ރިސޯޓްގެ އިހުތިސޯސް ތެރެއަށް ރާޅާ އެޅުމަށް ހާއްސަ ޕޮއިންޓްތައް ނުވަންނާނެ

25 ޖަނަވަރީ 2023 - 23:09 0

މ. މުލި ކައިރީ އޮންނަ ބޯހުރާ ނަމަކަށް ކިޔާ ފަޅު ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް އިއުލާންކުރިއިރު، އެ ރިސޯޓްގެ އިހުތިސޯސްގެ ތެރޭގައި އެ ސަރަހައްދުގައި ރާޅާ އެޅުމަށް މަގުބޫލު ސާފް ޕޮއިންޓްތައް ނުހިމެނޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އެހެން ބުނެފައި އެ ވަނީ، ބޯހުރާގައި ރިސޯޓް ތަރައްގީ ކުރުމާ ދެކޮޅަށް ރާޅާއެޅުންތެރިންނާއި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކެމްޕޭނެއް ވެސް ފަށާފައި ވަނިކޮށެވެ،

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޓުއަރިޒަމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅު ސަރަހައްދު ކަނޑައެޅުމުގެ ގަވާއިދުގެ ދަށުން މ. ބޯހުރާގެ ބައުންޑަރީ ކަނޑައަޅާނީ ސާފް ޕޮއިންޓްތައް ވަކިކުރުމަށް ފަހު ކަމަށެވެ.

"މިފަދަ ސާފް ޕޮއިންޓްތައް އާންމުންނާއި ފަތުރުވެރިން ބޭނުން ކުރެވޭ ގޮތަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރު ކުރުމަށް މިނިސްޓްރީން ގެންދަނީ ކަމާ ގުޅުން ހުރި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރަމުންނެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އޭގެ އިތުރަށް، ބޯހުރާ ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލާފައި ވަނީ، އެ ރަށް ހިއްކުމަށް ހުއްދަ ދޭ ގޮތަކަށް ނޫން ކަމަށް ވެސް ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.

އަދި، ރިސޯޓަށް އަރައިފޭބުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނީ ރިސޯޓް ޑިވެލޮޕަރާއި މ. މުލި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރު ކަމަށް ވެސް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.