Advertisement

މަޑިފުށި ފަރަށް ސަފާރީއެއް ކޯސްޓު ގާޑުން ހަރަކާތްތެރި ވަނީ

24 ޖަނަވަރީ 2023 - 14:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރެޑްމޫން" ނަމަކަށްކިޔާ ސަފާރީ ތ. މަޑިފުށީ ފަރަށް އަރާފައި -- ފޮޓޯ: އެމްއެންޑީއެފް


މަޑިފުށި ފަރަށް ސަފާރީއެއް ކޯސްޓު ގާޑުން ހަރަކާތްތެރި ވަނީ

24 ޖަނަވަރީ 2023 - 14:14 0

ތ. މަޑިފުށީ ހުޅަނގު ފަރާތު ފަރަށް ސަފާރީއެއް އަރައިގެން އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ފަސް މީހުންނާ އެކު ތ. ދިޔަމިނގިއްޔަށް ދަތުރުކުރަމުންދިޔަ "ރެޑްމޫން" ނަމަކަށްކިޔާ މި ސަފާރީ މަޑިފުށީ ފަރަށް އަރައިގެން ރިޕޯޓުކޮށްފައިވަނީ ރޭ 19:40 ހާއިރު އެވެ.

އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، އެ ސަފާރީ ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ ސަފާރީގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސް ދިޔަވަމުންދާކަން ދެނެގަނެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

އެ ސަފާރީ ފަރަށް އެރީ ތ. ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުން ދަނިކޮށް ކަމަށާއި އެވަގުތު ސަފާރީގައި އެއްވެސް ފަތުރުވެރިޔަކު ނެތް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި އެވަގުތު ސަފާރީގައި ތިބި ފަސް ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް ވެސް ސިފައިން ވަނީ ބުނެފަ އެވެ.