Advertisement

ޗައިނާގެ 2000 ފަތުރުވެރިންނާއެކު ރާއްޖޭގެ މާކެޓުގެ 9 ވަނަ އަށް

22 ޖަނަވަރީ 2023 - 22:24 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ޗައިނާގެ 2000 ފަތުރުވެރިންނާއެކު ރާއްޖޭގެ މާކެޓުގެ 9 ވަނަ އަށް

22 ޖަނަވަރީ 2023 - 22:24 0

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލާ ޗައިނާގެ ބޯޑަރު ހުޅުވާލިތާ ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުންް މިހާތަނަށް ޗައިނާއިން 2،239 ފަތުރުވެރިއަކު ވަނީ ރާއްޖެ އަތުވެފަ އެވެ. ޗައިނާގެ ބޯޑަރުތައް ހުޅުވާލި ނަމަވެސް ރަސްމީކޮށް ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފަށާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މިހާރު ޗައިނާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ނުވަ ވަނައިގަ އެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ޗައިނާއިންް މިހާ އަވަހަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންްްމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ނުވަ ވަނައަށް އެރުމުން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މައުސޫމް ވިދާޅުވީ މާކެޓުގެ އެންމެ ކުރިއަށް އަތުވުމުގެ ރޭސް މިހާރު ފެށިފައިވާ ކަމަށެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ފުރަތަމަ ފަހަރަށް އައިސްފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ މަތިންދާ ބޯޓެކެވެ. ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ޗައިނާއިން ދަތުރުފަތުރު ކުރުމުގައި ގެންގުޅުނު ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ޗައިނާއަކީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.