Advertisement

ޝިއާގެ މަރު؛ ދައުލަތުން ސާހިލަށް ވަކީލަކު ހަމަޖައްސައިދެނީ

22 ޖަނަވަރީ 2023 - 15:54 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝިއާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ސާހިލް؛ އޭނައަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދެނީ


ޝިއާގެ މަރު؛ ދައުލަތުން ސާހިލަށް ވަކީލަކު ހަމަޖައްސައިދެނީ

22 ޖަނަވަރީ 2023 - 15:54 0

ހ. ޝީރީންވިލާގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލިކަމުގެ ދައުވާ އުފުލާފައިވާ އަލީ ސާހިލަށް ދައުލަތުގެ ވަކީލަކު ހޯދަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާ އަދި އިތުރު ދެ ދައުވާއެކެވެ. ބާކީ ދެ ދައުވާ ދައުލަތުން ހާމައެއް ނުކުރެ އެވެ.

ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން، ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުން ކުރިއަށް ގެންދާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލަށް ދައުލަތުގެ ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދިން ކަން ޕީޖީ އޮފީހުން ޔަގީންކޮށްދެ އެވެ.

ޖިނާއީ މައްސަލަތަކުގައި، އަމިއްލައަށް ވަކީލަކު ހަމަޖެއްސެމުގެ ތަނަވަސްކަން ނެތް މީހުނަށް ދައުލަތުން ވަކީލަކު ހަމަޖެއްސުމަކީ ގާނޫނު އަސާސީން ދީފައި އޮންނަ އަސާސީ ހައްގެކެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުން، މި މައްސަލާގައި ސާހިލް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އޭނާ ޝިއާ މަރާލި މަގުސަދު އަދި ދެނެގަނެވިފައި ނުވާ ކަމުގަ އެވެ. އެ ކަން ހޯދުމަށް ޓަކައި ފުލުހުން ދިޔައީ އޭނާގެ ފޯނު ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.