Advertisement

ނިއުޒީލޭންޑުގެ އާ ބޮޑު ވަޒީރަކަށް ކްރިސް ހިޕްކިންސް

21 ޖަނަވަރީ 2023 - 11:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކްރިސް ހިޕްކިންސްއަކީ ލޭބާ ޕާޓީގެ ޕާލަމެންޓް މެމްބަރެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ނިއުޒީލޭންޑުގެ އާ ބޮޑު ވަޒީރަކަށް ކްރިސް ހިޕްކިންސް

21 ޖަނަވަރީ 2023 - 11:24 0

ނިއުޒީލޭންޑުގެ ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑާޝިޕަށް ނޮމިނޭޓް ކުރި ހަމައެކަނި ކެންޑިޑޭޓުގެ ހައިސިއްޔަތުން އާ ބޮޑު ވަޒީރުގެ މަގާމަށް ޕާލަމެންޓް މެމްބަރު ކްރިސް ހިޕްކިންސް އަންނާނެ ކަމަށް ބެލެވިއްޖެ އެވެ.

މިހާރު ބޮޑު ވަޒީރުކަމުގައި ހުންނެވި ޖެސިންޑާ އާޑޭން އިސްތިއުފާ ދޭން ނިންމެވިކަން އިއުލާން ކުރީ ބުރާސްފަތި ދުވަހު އެވެ.

ކްރިސް ހިޕްކިންސް އެންމެ ފުރަތަމަ ޕާލަމެންޓަށް ހޮވުނީ 2008 ގަ އެވެ. އޭގެ ފަހުން ކޮވިޑާ ގުޅޭ ކަންކަމަށް ހާއްސަ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ 2020 ގަ އެވެ.

އާ ބޮޑު ވަަޒީރު ކަމަށް ހިޕްކިންސް ހޮވޭނެ ކަމަށް ބެލެވޭ އިރު، އެ މަގާމުގައި ދެމިހުންނަވާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ސާފެއް ނޫނެވެ. ނިއުޒީލޭންޑުގެ އާއްމު އިންތިހާބު އޮންނާނީ އޮކްޓޯބަރުގަ އެވެ.

އުމުރުން 44 އަހަރުގެ ހިޕްކިންސްއަކީ މި ވަގުތު މިނިސްޓާ ފޯ ޕޮލިސް، އެޑިއުކޭޝަން އެންޑް ޕަބްލިކް ސާވިސްގެ މަގާމު ދުރުއްވަމުން ގެންދަވާ ވެރިއެކެވެ.

ހަމައެކަނި ނޮމިނީގެ ގޮތުގައި ހިޕްކިންސްގެ ނަން އޮތް އިރު، ރަސްމީކޮށް ބޮޑު ވަޒީރުކަން ލިބޭނީ އާދީއްތަ ދުވަހު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އޭނާގެ ނަން ލޭބާ ޕާޓީއިން ބަލައިގަތުމުންނެވެ.