Advertisement

ސިޔާސީ މުވައްޒަފުންނަކީ ރައީސްގެ ނޯކަރީންނެއް ނޫން: ނަޝީދު

21 ޖަނަވަރީ 2023 - 10:54 0

ގއ. ދާންދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދަށް ގއ. ދާންދޫން ހޫނު މަރުހަބާއެއް - ފޮޓޯ: ސިމްވާ


ސިޔާސީ މުވައްޒަފުންނަކީ ރައީސްގެ ނޯކަރީންނެއް ނޫން: ނަޝީދު

21 ޖަނަވަރީ 2023 - 10:54 0

ގއ. ދާންދޫ

ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ ވަޒީފާ އުފައްދަން ދީފައި އޮންނަ ބާރަކީ ރައީސަށް ނޯކިރީކަން ކޮށްދޭ ބަޔަކު ހޯދުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ގއ. ދާންދޫއަށް ވަޑައިގެން ނަޝީދު ވިދާޅުވީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރަން އެހީ ހޯދުމުގެ ބޭނުމުގައި މުވައްޒަފުން ނަގަން އޮންނަ ބާރަކީ "މުތުލަގަށް" ދީފައި އޮންނަ ބާރެއް ނޫން ކަމަށެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ވެރިކަމުގައި ހުދުމުހުތާރު ަިސިފަތަކެއް، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅި ސިޔާސަތުތައް ތަންފީޒުކުރާ މީހުން އެއީ، ރައީސްގެ ނޯކިރީންނެއް ނޫން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ ބައެއް ހަރަކާތްތެރިންގެ ސަޕޯޓު އޮތީ ނަޝީދަށެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސީ ވަފީޒާއެއްގައި ހުރެ ނަޝީދަށް ސަޕޯޓު ކުރާތީ، ރައީސަށް ތާއީދުކުރާ ބައެއް މީހުން ފާޑުކިޔަމުން އެބަ ދެ އެވެ. ހުވަދު އަތޮޅަށް ނަޝީދު މި ކުރައްވާ ދަތުރުގައި ވެސްް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ ސިޔާސީ މުވައްފުންގެ މަސްއޫލިއްޔަތަކީ ސިޔާސަތުތައް ތަންފީޒުކުރުން ކަމަށްވިޔަސް، ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށަހެޅި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުނުކުރެވޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތައް ނަޝީދު ސިފަކުރެއްވީ "ކޯލިޝަން" ގެ ވެރީން ރުއްސަން އޮތް ސިޔާސަތުތަކެއް ގޮތުގަ އެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޅުވިދާޅުވަމުންނެވެ. ހުވަދު އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑަށް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވަނީ މަސްވެރިކަމުގެ ސިނާއަތަށް އެމްޑީޕީން ހުށަހެޅި ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދާތީ އެވެ.

ޖެނުއަރީ 28، ގައި އޮންނަ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ އިތުރުން ވާދަކުރައްވަނީ ރައީސް ސޯލިހެވެ. އެ ޕްރައިމަރީގައި 57،000 މީހުނަށް ވޯޓުލެވެ އެވެ.

ނަޝީދަކީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ކުރިން، 2018 ގައި ވެސް ނަޝީދަށް ރިޔާސީ ޕްރައިމަރީން ޓިކެޓު ދިން ނަމަވެސް، އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވާފައި އޮތުުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ. އެހެންވެ އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ.