Advertisement

އޯޝަން ބަބުލްސްގެ ރޮބޮޓަށް ކިޔަނީ "ގޮމަ"

18 ޖަނަވަރީ 2023 - 14:28 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެ ރޮބޮޓަށް ކިޔުމަށް އާންމުންގެ ތެރެއިން ޖުމްލަ އަށްހާސް ނުވަސަތޭކައަށް ވުރެ ގިނަ ނަން އެކި ފަރާތްތަކުން ހުށަހަޅާފައިވޭ --


އޯޝަން ބަބުލްސްގެ ރޮބޮޓަށް ކިޔަނީ "ގޮމަ"

18 ޖަނަވަރީ 2023 - 14:28 4

އޯޝަން ބަބަލްސްގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ރޮބޮޓަށް ކިޔާނެ ނަން މިއަދު ފާސްކޮށްފި އެވެ.

ރޮބޮޓަށް ކިޔުމަށް ފާސްކޮށްފައި ވަނީ "ގޮމަ" އެވެ. އެ ނަން ފާސްކޮށްފައި ވަނީ ރޮބޮޓަށް ކިޔާނެ ނަމެއް ހުށަހެޅުމަށް "އަދަދު" ނޫހުން ހުޅުވާލި ފުރުސަތުގައި އާންމުންގެ ތެރެއިން ހުށަހެޅި ނަންތަކުގެ ތެރެއިންނެވެ.

އޯޝަން ބަބުލްސްގެ ރޮބޮޓަށް "ގޮމަ" ކިޔުމަށް ހަތް ފަރާތަކުން ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އެ ނަން ހުށަހަޅާފައި ވަނީ އަބްދުލް ހަފީޒް އެވެ.

އޭނާ އެ ނަން ހުށަހަޅާފައި ވަނީ ރޮބޮޓަށް ނަން ހުށަހެޅުމަށް އަދަދުން ފުރުސަތު ހުޅުވާލި ދުވަހުގެ ހަވީރު 5:49 ގަ އެވެ. އެ ފަރާތަށް އަދަދު ނޫހުން 10،000ރ. ހަވާލު ކުރާނެ އެވެ.


އޯޝަން ބަބަލްސްގައި ހިދުމަތް ދިނުމަށް ބޭނުން ކުރާ ރޮބޮޓަށް ނަމެއް ހުށަހެޅުމުގެ ފުރުސަތު "އަދަދު" އިން ހުޅުވާލީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ހަމަވި އިރު ޖުމްލަ އަށްހާސް ނުވަސަތޭކައަށް ވުރެ ގިނަ ނަން އެކި ފަރާތްތަކުން ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން އަދަދުން ކަނޑައެޅި ޝަރުތުތައް ފުރިހަމަވާ ގޮތަށް ހުށަހަޅާފައި ވަނީ 6179 ނަމެވެ.

ރޮބޮޓަށް ކިޔުމަށް އާންމުންގެ ތެރެއިން ހުށަހެޅި ނަންތަކުގެ ތެރެއިން އެންމެ ގިނަ ލައިކު ލިބުނު ފަސް ނަމާއި ނަން ފާސްކުރުމަށް އެކުލަވާލި ކޮމެޓީން ހޮވި ފަސް ނަން ޝޯޓުލިސްޓު ކުރެވުނެވެ.

އެ ނަންތަކުގެ ތެރެއިން "ގޮމަ" ފާސްކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް "އަދަދު" އިން އެކުލަވާލި ހަ މީހުންގެ ހާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމެޓީގައި އޯޝަން ބަބަލްސްގެ ވެރިޔާ ރަފީއުއްދީން ނަސީމު ވެސް ހިމެނުނެވެ.

އޯޝަން ބަބަލްސްއަކީ ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ކެފޭ އެވެ. މަޖީދީ މަގާއި ބޮޑުފުންގަނޑު މަގު ކަންމަތީގައި ހުންނަ އިމާރާތުގައި (ކުރީގެ އުރީދޫ) ހުޅުވި އެ ކެފޭގެ ހިދުމަތް ވަނީ އާންމުކޮށް ދޭން ފަށާފަ އެވެ.

އެ ކެފޭގައި ހިދުމަތް ދިނުމަށް ބޭނުންކުރާ "ގޮމަ" އަށް އޯޑަރުތައް ގެންދަންވީ މޭޒުތަކާއި އަދަދު ވެސް އެނގެ އެވެ. އަދި ދަތުރު ކުރާ މަގުގައި އެއްޗެއް ނުވަތަ މީހަކު ހުރި ނަމަވެސް ދެނެގަތުމުގެ ގާބިލުކަން "ގޮމަ" އަށް ލިބިފައިވެ އެވެ. އޭގެއިތުރުން ޗާޖު ދަށްވުމުން "ގޮމަ" އަމިއްލައަށް ގޮސް ޗާޖު ކުރަން ޑޮކް ވެސް ކުރެ އެވެ.