Advertisement

ރިވައިވަލް އާއި އަދަދު ސްޕޯޓްސްގެ ޕާޓްނާޝިޕް އިތުރު އަހަރުތަކަކަށް

30 އޭޕްރީލް 2024 - 20:34 0

ރިވައިވަލް ސްޕޯޓްސް ކްލަބާއި އަދަދު ސްޕޯޓްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މިރާން ނާޝިމް/އަދަދު


ރިވައިވަލް އާއި އަދަދު ސްޕޯޓްސްގެ ޕާޓްނާޝިޕް އިތުރު އަހަރުތަކަކަށް

30 އޭޕްރީލް 2024 - 20:34 0

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބާއި "އަދަދު ސްޕޯޓްސް"އާ އެކު ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން އާކޮށްފި އެވެ.

ރިވައިވަލްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އާ އެކީގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އެ އެއްބަސްވުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ދެ ފަރާތުން ކުރިއަށްގެންދިޔަ އިތުރު މަޝްވަރާތަކަކަށް ފަހު މިއަދު ވަނީ، ރިވައިވަލް ސްޕޯޓްސް ކްލަބާއި "އަދަދު ސްޕޯޓްސް"އާ ދެމެދުގައި ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ރިވައިވަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ކްލަބްގެ ފައުންޑަރު، ޒަޔާން ޒަކީ އެވެ. އަދި "އަދަދު ސްޕޯޓްސް"ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ސްޕޯޓްސް އެޑިޓަރު، އައްޒާމް އަލިފުޅު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ޒަޔާން ވަނީ މިހާތަނަށް ރިވައިވަލް ހޯދަމުން އައި ކުރިއެރުންތަކުގައި "އަދަދު ސްޕޯޓްސް"ގެ ބައިވެރިވުމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

އެ ގޮތުން 2021 ވަނަ އަހަރު ރިވައިވަލް ސްޕޯޓްސް ކްލަބާއި އަދަދު ސްޕޯޓްސްއާ، އަދަދުއާ އެކީ ޕާޓްނާ ވެގެން މި ވަރަށް ގިނަ ޓާގެޓްތައް ހުރެގެން ހެދުނު އެގްރީމެންޓެއް ތެރެއިން ދެ އަހަރު ދުވަސް ތެރޭގައި ކްލަބުން ބޭނުންވި ވަރަށް ގިނަ ކަންތައްތައް ހާސިލްވި ކަމަށް ޒަޔާން ފާހަގަކުރި އެވެ.

"އަދަދު ސްޕޯޓްސް" އާއި ރިވައިވަލް ސްޕޯޓްސް ކްލަބުން ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު


"އޭގެ ތެރޭގައި ކުޅުންތެރިންނަށް ލިބުނު އެކްސްޕޯޝާ އަދަދު ތުރޫކޮށް ޑިވެލޮޕްމަންޓް ކަންކަން، އޭދަފުށީގައި މި ކުރާ މަސައްކަތަށް ލިބުނު އެކްސްޕޯޝާ އަދި ޔަންގް އެކެޑަމީ އެތުލީޓުންނަށް މި ލިބެމުން އައި ހެލްޕު ވަރަށް ބޮޑު ފައިދާ އަކަށްވި،" ޒަޔާން ބުންޏެވެ.

"މިއަދު އަނެއްކާ ވެސް މި އެގްރީމެންޓް އާ ކުރެވުނީ، އުންމީދަކީ، ދެން އޮތް ސައިކަލްގައި، ފޯ އިޔާސް ޕްލޭނުގައި ދާއިރު ހަމަ އިތުރަށް މީތި ވަރުގަދަވެގެން ދިއުން. ވަރަށް ހޯޕްފުލް ވަރަށް ޔަގީންކަން އެބައޮތް. ކުރިއަށް ވުރެ ވެސް ރަނގަޅަށް މި ޕާޓްނާޝިޕް ކުރިއަށްދާނެކަން. ދެން، އަދަދު އަށް ވެސް ވަރަށް ޝުކުރު އަދާކުރަން ބޭނުންވޭ ކްލަބްގެ ފަރާތުން،"

ރިވައިވަލް އާއި "އަދަދު ސްޕޯޓްސް" ގުޅިގެން، ބެޑްމިންޓަން ޑިވެލޮޕްމަންޓްގެ ގިނަ ކަންތައްތަކެއް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، ބ. އޭދަފުށީގައި ރިވައިވަލް އިން ގާއިމްކޮށްފައިވާ އެކެޑަމީ މެދުވެރިކޮށް، ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، އެ މުބާރާތްތައް ޕްރޮމޯޓްކުރުމުގެ މަސައްކަތާއި، ކުރިއަށް އޮތްތަނުގައި، މާލެ ސަރަހައްދަށް އަމާޒުކޮށް ވެސް އެކި ޕްލޭންތަކެއް އަންނަނީ ކުރެވެމުންނެވެ.

މީގެ އިތުރުން، ރިވައިވަލްގައި ހިމެނޭ ހައި ޕާފޯމަންސް ޓީމުގެ ކުޅުންތެރިންގެ ތައްޔާރީތަކާއި މުބާރާތްތަކުގެ ނަތީޖާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް "އަދަދު ސްޕޯޓްސް" އިން ކަވަރޭޖް ގެނެސްދޭނެ އެވެ.