Advertisement

އެއާޕޯޓްގެ މުހިންމު ތަންތަނުގައި ކެމެރާއެއް ނެތް: ފުލުހުން

17 ޖަނަވަރީ 2023 - 15:02 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެ؛ އެއާޕޯޓްގެ މުހިންމު ތަންތަނުގައި ކެމެރާ ނެތް ކަމަށް ފުލުހުން ބުނެފި - ފޮޓޯ: އަދަދު ފައިލް


އެއާޕޯޓްގެ މުހިންމު ތަންތަނުގައި ކެމެރާއެއް ނެތް: ފުލުހުން

17 ޖަނަވަރީ 2023 - 15:02 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުހިންމު ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މި ކަން ހާމަކުރީ، ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނު މީހެއްގެ ލަގެޖު އެއާޕޯޓު ތެރެއިން ގެއްލިގެން އެ މައްސަލާގައި މީޑިއާތަކަށް ފޮނުވި މެސެޖުގަ އެވެ.

"މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖް އަދި ދެނެގަނެވިފައެއް ނުވޭ، އެއާޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭ،" ފުލުހުން ފޮނުވި މެސެޖްގައިވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ރާއްޖެ އައި އިރު ގެނައި ލަގެޖުގައި 30 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެ އެވެ.