Advertisement

ކެމްބޯޑިއާއިން މިރުސް، ޒުވާރި އަދި ދަނޑިއަލުވި އެތެރެކުރަން މަޝްވަރާކޮށްފި

16 ޖަނަވަރީ 2023 - 18:51 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ވަނީ ކެމްބޯޑިއާއިން ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެކުރަން އެދިފައި -- ފޮޓޯ: ރައީސް އޮފީސް


ކެމްބޯޑިއާއިން މިރުސް، ޒުވާރި އަދި ދަނޑިއަލުވި އެތެރެކުރަން މަޝްވަރާކޮށްފި

16 ޖަނަވަރީ 2023 - 18:51 2

ރާއްްޖެއަށް ކާބޯތަކެތި އެތެރެކޮށް ދިނުމުގައި އެހީތެރިކަމަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ބޮޑުވަޒީރާއި ރައީސްގެ ބައްދަލުވުމަށް ފަހު ކެމްބޯޑިއާ އާއި ރާއްޖެ ގުޅިގެން ދިން ބަސްތީގަތުމުގައި ރައީސް އިބްްރާހިމްް މުހައްމަދު ސޯލިހް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ޒުވާރިއާއި ދަނޑިއަލުއްވާއި މިރުހާ ކެޝޫނަޓު ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު،" ރައީސް ވިދާޅުވި އެވެ.

ކެމްބޯޑިއާއަކީ ފުޅާ ދާއިރާއެއްގައި ހަނޑޫ އެކްސްޕޯޓުކުރާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކެމްބޯޑިއާއިން ރާއްޖެއަށް ހަނޑޫ އިމްްޕޯޓުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާނޭ ކަމަށެވެ.

ދަނޑިވެރިކަމުން އުފައްދާ އެކި ބާވަތްތައް ބޭރުގެ އެހެން ގައުމުތަކުން ރާއްޖެއަށް އެތެރެނުކޮށް ރާއްޖޭގައި އެތަަކެތި އުފެއްދުމަކީ މި ސަރުކާރުންް އެންމެ ބޮޑަށް ބާރު އެޅި އެއް ކަމެވެ.

ދިވެހި ދަނޑުވެރިން އާންމުކޮށް އާލާކުރާ މިރުހާއި، ޒުވާރި އަދި ދަނޑިއަލުވި ފަދަ ބާވަތްތައް ރަނގަޅު އަގުތަކުގައި ނުވިކި ކުޑަ އަގެއްގައި ދޫކޮށްލަން ޖެހުމަކީ ދަނޑުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ އެކި ބާވަތްތައް ގަތުމަށް މި ސަރުކާރުންް "އެގްރޯނެޓް"ގެ ނަމުގައި ކުންފުންޏެއް އުފައްދާ ދަނޑުވެރިކަމުންް އުފައްދާ ތަކެތި އެ ކުންފުންޏަށް ގަނެ އެވެ.