Advertisement

ޖެނުއަރީ 25 ގެ ނިޔަލަށް އެމްޑީޕީ ޕްރައިމަރީއަށް "އަދަދު"އިން ހުޅުވާލި ޕޯލްގައި ވޯޓު ދެވޭނެ

14 ޖަނަވަރީ 2023 - 16:35 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ޖެނުއަރީ 25 ގެ ނިޔަލަށް އެމްޑީޕީ ޕްރައިމަރީއަށް "އަދަދު"އިން ހުޅުވާލި ޕޯލްގައި ވޯޓު ދެވޭނެ

14 ޖަނަވަރީ 2023 - 16:35 2

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އާންމުންގެ ތާއީދު ބޮޑު ކެންޑިޑޭޓަކު ބެލުމަށް "އަދަދު"އިން ޕޯލެއް ހުޅުވާލައިފި އެވެ.

މި ޕޯލަށް ފޯނު ނަންބަރު، ފޭސްބުކު ނުވަތަ ޓްވިޓާއިން ލޮގިންވެގެން ވޯޓު ލެވޭއިރު، ކޮންމެ މީހަކަށް ވެސް ވޯޓު ދެވޭނީ އެއް ފަހަރު އެވެ. އަދި، ވޯޓު ދިނުމަށް ފަހު ވޯޓު ބަދަލެއް ނުކުރެވޭނެ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ހުޅުވާލި މި ޕޯލުގެ މިހާރުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޮތީ 60 އިންސައްތައާއެކު ކުރީގަ އެވެ. ދެން އެ އިންތިހާާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ލިބިވަޑައިގެންފައި ވަނީ 40 އިންސައްތަ ވޯޓެވެ.

މި ޕޯލުގައި ބައިވެރިވެވޭނެ ސުންގަޑި އަަކީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 23:59 އެވެ. އެއަށްފަހު ޕޯލަށް ވޯޓުލުން ބަންދުކުރެވޭނެ އެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕާޓީގެ ރައީސް ނަޝީދާއި ރައީސް ސޯލިހް ވާދަކުރައްވާ އިރު ދެ ކެނޑިޑޭޓުންގެ ކެމްޕޭނުވެސް މުޅި ރާއްޖޭގައި ފޯރި ގަދަކޮށް ދަނީ ކުރިއަށް ގެންދަމުންނެވެ.

އެމްޑީޕީގެ ތެރެއިން އެއްބަޔަކު ރައީސް ނަޝީދަށް ތާއިދުކުރާއިރު އަނެއް ބަޔަކު ތާއިދުކުރަނީ ރައީސް ސޯލިހަށް ކަަން މި އިންތިހާބު އިއުލާނުކުރުމުގެ މާ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

ކޯލިޝަނަކާ ނުލާ އެއްވެސް ޕާޓީއަކަށް މިހާތަނަކަށް ވެރިކަމަށް އާދެވިފައި ނެތުމުންނާއި، މިހާރު އޮތް ވެރިކަމަކީ ވެސް ކޯލިޝަން ވެރިކަމެއްކަމުންް ރައީސް ސޯލިހް އަދިވެސް ގަބޫލުކުރައްވަނީ ކޯލިޝަން ސަރުކާރެވެ. މިއީ ރައީސް ސޯލިހަށް ވެރިކަން ކާމިޔާބުކުރެވޭނެ އެންމެ ބޮޑު ސަބަބު ކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެ އެވެ.

މިއާާ ހިލާފަށް ރައީސް ނަޝީދު އަންނަނީ ކޯލިޝަން ހެއްދެވުމުންް އެއީ އެމްޑީޕީގެ ވެރިކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވަނީ މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ދެކުމަކީ ވެސް ކުށްހީއެއް ކަމަށެވެ. އެމަނިކުފާނު ނިކުމެވަޑައިތީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވެ އެވެ.