Advertisement

ހުލާސާކޮށް އިއްޔެ: ޓީއެމްއޭ ހެކްކޮށް 350ޖީބީގެ ޑޭޓާ ވަގަށް ނެގުން

14 ޖަނަވަރީ 2023 - 07:34 0


ހުލާސާކޮށް އިއްޔެ: ޓީއެމްއޭ ހެކްކޮށް 350ޖީބީގެ ޑޭޓާ ވަގަށް ނެގުން

14 ޖަނަވަރީ 2023 - 07:34 0

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސާވާ ހެކްކޮށް ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް މަޝްހޫރު ހެކަރުންގެ ގްރޫޕް ރެންސަމް ހައުސްއިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރެންސަމް ހައުސްއިން އިއްޔެ އާންމުކުރި ނޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ގުރޫޕުން ވަނީ ޓީއެމްއޭ ހެކްކޮށް ޖުމްލަ 350 އަށްވުރެ ގިނަ ޖީބީގެ ޑޭޓާ ވަގަށް ނަގައިފަ އެވެ. އަދި އެ ޑޭޓާގެ ސައްހަކަން ދެއްކުމަށް ސާމްޕަލް ޑޭޓާތަކެއް އެ ގުރޫޕުން ވަނީ އާންމުކޮށްފަ އެވެ.

ރެންސަމް ހައުސްއަކީ އާންމުކޮށް މިފަދަ ޑޭޓާގެ ބަދަލުގައި ބޮޑެތި އަދަދުތަކުން ފައިސާއަށް ޑިމާންޑު ކުރާ ގުރޫޕެކެވެ.

މިކަމާ ގުޅިގެން ޓީއެމްއޭއިން މިހާތަނަށް ބަހެއް ނުބުނެ އެވެ.

ޓީއެމްއޭ މެދުވެރިކޮށް އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުން ދަތުރުކުރެ އެވެ. މި ހުރިހާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ވެސް ހިމެނޭ ޓީއެމްއޭގެ ސާވާ ހެކްކޮށްފައި ވާއިރު، ވަގަށް ނެގި ޑޭޓާގެ ތެރޭގައި އެ މައުލޫމާތު ހިމެނޭ ކަމެއް އަދި ނޭނގެ އެވެ.

ރެންސަމް ގުރޫޕުން ޓީއެމްއޭގެ ސާވާ މިދިޔަ މަހުގެ 31 ގައި ހެކްކުރި އިރު މިދިޔަ މަހާއި މި މަހުގެ ތެރޭގައި ވެސް ޓީއެމްއޭގެ އެކި ސިސްޓަމްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. އެގޮތުން ޗެކްއިން އަދި މުވައްޒަފުންގެ ޑިއުޓީ ރޯސްޓާތަކަށް ބުރޫއެރި ކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

މުހިންމު ބައެއް ހަބަރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ލޭގެ ޕްރެޝަރު ދަށްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިއްޔެ ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

މާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ލ. ކުނަހަންދޫ ކަރަންކާގޭ މުހައްމަދު ރަޝީދު، 36، އިއްޔެ މަރުވި އެވެ. ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.

ފާއިތުވީ ހަތަރު އަހަރުތެރޭގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީފައިވާ ދާއިރާއަކީ ތައުލީމީ ދާއިރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އައްޑޫ ރައްޔިތުން އެދޭނަމަ ޝަންގްރިއްލާ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ދޫކޮށްލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެެ.

އެމްޑީޕީ އަކީ ސަރުކާރު ނޫން ކަމަށާއި، ސަރުކާރުގެ ބޮޑު ބައި އޮތީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ތަރައްގީގެ ނަމުގައި ބޮޑު ސްކޭލެއްގައި ކުޅެނީ އަކުން ބަކުން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވަރުގަދަވަމުން އަންނައިރު، ތަރައްގީ ނުހިނގާ ކަމަށް ކެންޑިޑޭޓުން މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޑޫގައި ވިދާޅުވީ؛

ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ، ބަހަމުން ދިޔައީ، ބަހަމުން ދިޔައީ، ބޮޑު ސަކަރާތްގަނޑެއް، އެކަމުން އަޅުގަނޑުމެން ސަލާމަތް ނުވެވިގެން މިއުޅެނީ، އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑުކުރޭ،"

ދުވަހުގެ ފޮޓޯ

ބީއެމްއެލްއަށް 40 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ މުއްދަތުގައި އެ ބޭންކަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭންކު އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދިން އެވޯޑާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫންއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް