Advertisement

ޑިސެންބަރު މަހު މީރާއަށް 2.58 ބިލިއަންގެ އާމްދަނީއެއް

10 ޖަނަވަރީ 2023 - 19:33 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިދިޔަ އަހަރު ޑިސެންބަރު މަހު މީރާއަށް ވަނީ 2.58 ބިލިއަން ރުފިޔާ ބަލައިގެންފައި-- ފޮޓޯ: އަދަދު ފައިލް


ޑިސެންބަރު މަހު މީރާއަށް 2.58 ބިލިއަންގެ އާމްދަނީއެއް

10 ޖަނަވަރީ 2023 - 19:33 0

މިދިޔަ އަހަރުގެ ޑިސެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީ ވަރަށް ބޮޑު ތަން އިތުރުވެއްޖެ ކަމަށް ބުނެފި އެވެ.

މީރާއިން ބުނީ ޑިސެންބަރު މަހު އެ އިދާރާއަށް 2.58 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 27.4 ޕަސެންޓު އިތުރު އަދި ޑިސެންބަރު މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ 77 ޕަސެންޓު އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވާން ޖެހުނު ސަބަބެއްގެ ގޮތުގައި މީރާއިން ބުނެފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޓީޖީއެސްޓީ އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތުހޯލްޑިން ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.

ޑިސެންބަރު މަހުގެ އާމްދަނީގެ ބޮޑު ޕަސެންޓަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ކަން މީރާއިން ފާހަގަކޮށްފައިވެ އެވެ.

އެ އޮތޯރިޓީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޑިސެންބަރު މަހު ރެވެނިއުގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ޖީއެސްޓީ އެވެ.

އެއީ އެ މަހު ލިބުނު ޖުމްލަ އާމްދަނީގެ 34.2 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ އެވެ. އެގޮތުން، އެކްސްޓެންޝަން ފީގެ ގޮތުގައި 359.53 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.

ޑިސެންބަރުގައި އާމްދަނީ އިތުރުވެފައިވާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އަދަދު ވަނީ ބޮޑު ކޮށްފަ އެވެ.